މި ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ ހޯމަދުވަހުގެ ރޭއެވެ.
ރާއްޖޭގައި ހޮރޯ-ކޮމެޑީ ޖޯންރާއަށް ދިވެހި ސިނަމާތަކަށް އަންނަ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރަކީ މުޅިން އަލަށް މި ދާއިރާއަށް ނުކުންނަ ދިވެހިއެފްއެމްގެ މަޝްހޫރު އާރުޖޭ ޝަހުދާ މަހުމޫދްއެވެ. މި ފިލްމުގެ ވާހަކަވެސް ލިޔެފައިވަނީވެސް އޭނާއެވެ
"ބިބީ" ގެ ލީޑް ބަތަލުގެ ގޮތުގައި ފެނިގެންދާނީ ޑާކްރެއިންގެ ފިލްމުތަކުން މިހާރު މަޝްހޫރުކަން ހޯދާފައިވާ ކުޅަދާނަ އެކްޓަރު ޝަރަފު އަބްދުﷲ އެވެ. ޘަރަފަކީ މި ފިލްމުގެ ޑައިރެކްޓާ ޝަހުދާ މަހްމޫދްގެ ފިރި މީހާއެވެ. މި ފިލްމުގެ ލީޑް އަންހެން އެކްޓެރެސް އަކީ ޑާކްރެއިންގެ އެންމެ ކާމިޔާބު ތަރި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީ ޝަރަފާއި މަޖޫގެ ޖޯޑު ބޮޑު ސްކްރީނުން އެކުގައި ފެންނަ ފުރަތަމަ ފަހަރު އެވެ.
މި ފިލްމުގެ ކާސްޓުންގެ ލިސްޓުގައި ޝީލާ ނަޖީބާއި އަހުމަދު ސައީދުގެ އިތުރުން އަބްދުﷲ ޝާފިއު (ފުބޫ) ހިމެނެއެވެ. އަދި ފިލުމުގައި ހާއްސަ ފެނިލުމަކުން ކުރީގެ ތަރި އިސްމާއިލް ވަޖީހުވެސް ފެނިގެންދާނެކަމަށް ޑާކްރެއިނުން ބުނެ އެވެ.
"ބިބީ" އަކީ ޑާކް ރެއިނުން މި އަހަރު ރިލީޒްކުރާ ދެވަނަ ފިލްމެވެ. ޑްކެރެއިނުން މިއަހަރު ނެރުނު އެކްޝަން ތުރިލާ "ފުރޭތަ" ވެސް ގިނަ ބަޔަކަޑް ވަނީ ކަމުގޮސްފަ އެވެ.