ads
ފޮޓޯ: އަލް މޮނިޓަރ
ފަލަސްތީނުގައި ޝަހީދުވި 128 ނޫސްވެރިންގެ ޒިންމާ އިސްރާއީލުން ނަގަން ޖެހޭނެ: ސީޕީޖޭ
ނިމިގެން ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގައި 128 ނޫންވެރިން ޝަހީދުކޮށްލާފައިވާ ކަމަށާއި އެ ހުރިހާ ނޫސްވެރިން ޝަހީދުކޮށްލުމުގެ ފުރިހަމަ ޒިންމާ ޔަހޫދީ އިސްރާއީލުން ނަގަން ޖެހޭނޭކަމަށް ދުނިޔޭގެ ނޫސްވެރިން ހިމާޔަތުގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ ކޮމެޓީ ޑު ޕްރޮޑެކްޓް ޖާނަލިސްޓް(ސީޕީޖޭ) އިން ބުނެފި އެވެ.
Advertisement

ދުނިޔޭގެ ނޫސްވެރިން ހިމާޔަތުގައި މަސައްކަތް ކުރަމުން އަންނަ ކޮމިޓީ (ސީޕީޖޭ) އިން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޔަހޫދީން ފަލަސްތީނަށް ދިން ނިރުބަވެރި ހަމަލާތަކުގައި 128 ނޫސްވެރިޔަކު ޝަހީދުވެފައިވާ ކަމަށާއި، މިކަމުގެ ފުރިހަމަ ޒިންމާ އިސްރާއީލުން ނަގަން ޖެހޭނޭ ކަމަށެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުން ޝަހީކޮށްލި މީހުންގެ ތެރޭގައި 128 ނޫސްވެރިންނާއި މީޑިއާ ވޯކަރުން ހިމެނޭއިރު، މީގެތެރެއިން އެންމެ ފަސް މީހުން ފިޔަވައި އަނެއް 123 ނޫސްވެރިންނަކީ ފަލަސްތީނަށް ނިސްބަތް ވާ ނޫސްވެރިންކަމަށް ސީޕީޖޭ އިންބުނެ އެވެ.

"އެންމެ ދެ ނޫސްވެރިން ފިޔަވައި ހުރިހާ ނޫސްވެރިން ވެސް ޝަހީދުކޮށްލާފަ ވަނީ އިސްރާއީލު ސިފައިން. މީގެ ތެރެއިން ގަސްތުގައި 10 ނޫންވެރިއެއް ގަޔަށް ބަޑިޖައި ވަނީ މަރާލާފަ. މި މައްސަލަ ދަނީ ތަހުގީގު ކުރަމުން. ހަމާސްގެ ހަމަލާތަކުގައި ވެސް އިސްރާއީލުގެ ދެ ނޫސްވެރިޔަކު ވަނީ މަރުވެފަ." ސީޕީޖޭ އިން ބުނެފައިވެ އެވެ.

ސީޕީޖޭ އިން އިތުރަށް ބުނީ ފަލަސްތީނުގައި ނޫސްވެރިން ސަހީދުކުރުމާއި، ޚަބަރުތައް ކަވަކުރާ މީޑިއާތައް ސަރަހައްދުތަކަށް ވަނުން މަނާކުރުމާއި، އިންޓަނެޓު ހިދުމަތް ކަނޑާލައި ގަސްތުގައި މީޑިއާތަކަށް ބޮޑެތި ގެއްލުންތައް ދިނުންފަދަ ކަންކަމަކީ އިސްރާއީލުން ހިންގާފައިވާ ބޮޑެތި ޖަރީމާތައް ކަމަށް ސީޕީޖޭއިން ބުނެ އެވެ.

އިޒްރޭލުން މިވަގުތު ވެސް ދަނީ، ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲ އާ ދެކޮޅަށް ލުބްނާނަށް ވެސް އެއްގަމާއި ވައިގެ މަގުން ހަމަލާތައް ދެމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 41500 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް