ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މުބާރާތުގައި، ދިރާސާކުރުމަށް އާންމުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމާއި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް އެ ދަރިވަރުން ޝައުގުވެރިވާ ދާއިރާތަކާއި ގުޅޭގޮތުން ކޮއްފައިވާ ދިރާސާތަށް އާންމުންނަށް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މި މަހުގެ 26ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެ ވަނަ ހޯދާ ފަރާތްތަކަށް 5،000 ރުފިޔާގެ އިނާމް ދިނުމަށް ކަނޑައަޅާފައިވާއިރު"ރިވެލި 2024"ގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވެސް ހަމަޖެހިފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
"ރިވެލި 2024"ގައި ބައިވެރިވުމަށް ޝައުގުވެރިވާ ބޭފުޅުން ގޫގަލް ލިންކު މެދުވެރިކޮށް، މައުލުމާތު ފުރިހަމަކުރުމަށް ފަހު ބާއިވެރިވުމަށް ރަޖިސްޓާ ކުރެވޭނެ އެވެ.