ads
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯޑީ: ފޮޓޯ ހިންދުންސްތާން ޓައިމްސް
ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް ކުރެއްވުމަށް ރައީސް މޯދިއަށް ދައުވަތު ދެއްވައިފި
ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ. މި ދައުވަތު ދެއްވީ ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ އިންޑިއާގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
Advertisement

.ރައީސް މުއިއްޒު އާއި ބޮޑުވަޒީރު މޯދީ ބައްދަލުކުރެއްވުމަށްފަހު ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގައި ރައީސް ވިދާޅުވީ، އަންނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ. މީގެ އިތުރުން، ދެ ގައުމު ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ދެ ފަރާތަށް ވެސް ފައިދާހުރި ކުރިމަގެއް ބިނާވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ދައުވަތު ގަބޫލުކުރައްވައިފިނަމަ، މިއީ ބޮޑުވަޒީރުކަމުގައި މޯދީ ރާއްޖެއަށް ކުރައްވާ ތިންވަނަ ދަތުރުފުޅު ކަމުގައި ވެގެންދާނެއެވެ. މީގެ ކުރިން މޯދީ ރާއްޖެއަށް ވަޑައިގެންފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ރަސްމިއްޔާތަށާއި 2022 ވަނަ އަހަރު ކުރެއްވި ފުރަމާނަ ދަތުރުފުޅެއްގައެވެ.

ފާއިތުވި މަސްތަކުގައި ދެ ގައުމުގެ ގުޅުމަށް އައި ބަދަލުތަކަށްފަހު، މިހާރު ދަނީ ގުޅުން އިތުރަށް ރަނގަޅުވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ކަންކަމުން ދޭހަވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވަމުންދާކަންކަމަށް ބެލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް