ads
ބޮޑުވަޒީރު މޯދީ އަދި ރަޢީސް މުއިއްޒު ޕްރެސްކޮންފަރެންސްގައި
އައްޑޫ އާއި ބެންގަލޫރުގައި ކޮންސިއުލޭޓު ގާއިމުކުރަނީ
ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަދި އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ދެ ގައުމުން މަޝްވަރާކޮށްފިއެވެ.
Advertisement

މި މަޝްވަރާތައް ކުރިއަށް ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު ބޭއްވެވި މަޝްވަރާތަކުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވި ގޮތުގައި މި ދެ ކޮންސިއުލޭޓު ގާއިމުކުރުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އިންޑިއާގެ ކެބިނެޓުން ފާސްކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ. ނަމަވެސް، އޭރުގެ ދިވެހި ސަރުކާރުން އެކަމަށް ބޭނުންވާ ހުއްދަ ނުދިނުމުގެ ސަބަބުން އެކަން ވަނީ މަޑުޖެހިފައެވެ.

މީގެ އިތުރުން، ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާއިން ދޭ އެއްބާރުލުން އިތުރުކުރާނެ ކަމަށާއި، ދިފާއީ ގޮތުން ތަފާތު ގިނަ ދާއިރާތަކުން ރައީސް މުއިއްޒާ އެކު މަޝްވަރާތައް ކުރައްވާފައިވާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ. މިކަމަކީ ދެ ގައުމުގެ ސަލާމަތީ އަދި ދިފާއީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް