ads
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
އަންނަ އަހަރު ރާއްޖެވަޑައިގަތުމަށް މޯދީ ދައުވަތު ގަބޫލުކުރައްވައިފި
ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެއްވި ދައުވަތު ގަބޫލުކުރައްވައިފިއެވެ.
Advertisement

މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ދައުވަތު ދެއްވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކުގެ ތެރެއިންނެވެ. 

ދެގައުމުން ގުޅިގެން ދިން ބަޔާނުގައި ވާހަކަ ދައްކަވަމުން ރައީސް ޑތ. މުއިއްޒު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމަށް އަންނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު އަރުވާފައިވާކަމަށެވެ. 

ރައީސްގެ ދަތުރުފުޅާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ ފޮރިން ސެކެޓްރީ ވިކްރަމް މިސްރީ ވިދާޅުވީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރުމަށް ރައީސް މުއިއްޒު ދެއްވި ދައުވަތު މޯދީ ގަބޫލު ކުރައްވާފައިވާ ކަމަށެވެ. އަދި ދަތުރު ކުރައްވާނެ ތާރީހުތައް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ނިންމުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް މިސްރީ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް