ads
ރައީސް މުއިއްޒުގެ ދެކަނބަލުން އަދި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ
އަވަށްޓެރި ގައުމުތަކާއެކު ގުޅުން ބަދަހިކުރުން ރައީސް މުއިއްޒުގެ އަޒުމް
ރާއްޖޭގެ އަވަށްޓެރި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަޒުމެއްކަން އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި އެމަނިކުފާނުގެ ދެއްކެވި ވާހަކަފުޅުން ހާމަވެއްޖެއެވެ.
Advertisement
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި "އަވަށްޓެރި ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމަކީ މުހިންމު ކަމެއް. އަދި މިފަދަ ގުޅުންތައް ބިނާވެފައި ހުންނަންވާނީ ދެފަރާތަށްވެސް ފައިދާހުރި ގޮތަށް ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ،" އެވެ. މީގެ އިތުރުން، ދެޤައުމުން އެއްބަސްވާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަންވެސް ރައީސް ފާޅުކުރެއްވިއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ބަލާއިރު، މި ދެގައުމުގެ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީގާއި، ދެގައުމުން ގަބޫލުކުރާ ހަމަތަކާއި، ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިގެންދިއުމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ "ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް ދެމެހެއްޓިފައިވާ ގުޅުމެއް" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މި ބަސްތަކުން ދޭހަވަނީ އަވަށްޓެރި ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މުހިންމު ބައެއްކަމެވެ. މި ސިޔާސަތުގެ ދަށުން، ދެގައުމަށް ވެސް ފައިދާހުރި ގޮތަށް، އެކުވެރިކަމާއެކު މަސައްކަތްކުރުމަށް ރާއްޖެއިން އިސްކަންދޭކަން ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް