ads
އިންޑިއާގެ މަހަރާޝްޓްރާގެ ގަވަރުނަރު ސީޕީ ރާދަކްރިޝްނަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ދެ ގައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުން މުހިންމު: މަހަރާޝްޓްރާގެ ގަވަރުނަރު
ދިވެހިރާއްޖެ އާއި އިންޑިއާގެ މަހަރާޝްޓްރާ ސްޓޭޓުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން މަހަރާޝްޓްރާގެ ގަވަރުނަރު ސީޕީ ރާދަކްރިޝްނަން ފާހަގަކުރައްވައިފިއެވެ.
Advertisement

މިހެން އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށްފަހު ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ގަވަރުނަރު ރާދަކްރިޝްނަން ވަނީ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. 

"މި ދާއިރާތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ދިވެހި ރައްޔިތުންނާއި މަހަރާޝްޓްރާގެ ރައްޔިތުންނާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން،" އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ކަމަށާއި، މި ދިގު މުއްދަތުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމުގައެވެ. އަދި މުމްބާއީގެ ރައްޔިތުންނާއި ގަވަރުނަރު ރާދަކްރިޝްނަން، އެމަނިކުފާނުގެ ދަތުރުފުޅަށް ދެއްވި މެހުމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމަކީ ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މުމްބާއީގައި ބޭއްވުނު ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް