ads
އެމްއައިބީން މާފުށީގައި އޭޓީއެމްއެއް ހުޅުވުން: -
އެމްއައިބީގެ ހިދުމަތް ފުޅާވަނީ: މާފުށީގައި ޑޮލަރާއި ރުފިޔާ އޭޓީއެމް އެއް
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތެއްގައި، ކ. މާފުށީގައި އެ ބޭންކުގެ އާ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.
Advertisement

މި ސެންޓަރުގައި ޑޮލަރާއި ރުފިޔާ ދެ ބާވަތުގެ ފައިސާ ނެގޭނެ އޭޓީއެމްތަކެއް ބަހައްޓާފައިވާކަން ފާހަގަކުރެވެއެވެ.

އިއްޔެ ހުޅުވުނު މި އައު އޭޓީއެމް ސެންޓަރަކީ ދިވެހިރާއްޖޭގެ ޓޫރިސްޓް ހޮޓަލާއި ގެސްޓުހައުސް ވިޔަފާރީގެ ތެރެއިން އެންމެ މަޝްހޫރު އެއް ރަށް ކަމުގައިވާ މާފުށީގެ ރައްޔިތުންނަށާއި، އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަމަށް އެމްއައިބީގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވިއެވެ. މި ސެންޓަރުގައި ހުރި ދެ އޭޓީއެމްއިން 24 ގަޑިއިރު ހިދުމަތް ލިބޭނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އާ އޭޓީއެމް ސެންޓަރުގައި ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބެން ހުންނާނެއެވެ. މިއީ އެމްއައިބީގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ. މީގެ ކުރިން ވެސް އެމްއައިބީން ވަނީ ގދ. މަޑަވެލީގައި އޭޓީއެމްއެއް ބަހައްޓާފައެވެ.

އެމްއައިބީގެ މި މަސައްކަތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ. މިފަދަ އޭޓީއެމް ސެންޓަރުތައް އިތުރުވެގެން ދިއުމަކީ ހާއްސަކޮށް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށާއި، ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް