ads
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޮޑު ވަޒީރު މޯދީއާއެކު
ރައީސް ދެއްވި ޔަގީންކަން، މިނިވަންކަމަށް އަސަރުކުރާނެކަމެއް ނުކުރާނަން
މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމާއި އެކި ހެދި އެއްވެސް އެއްބަސްވުމުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރާނެ އެއްވެސް ކަމެއް ހިމެނިފައި ނޯންނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
Advertisement

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއެކު ވީ އެއްބަސްވުމަކީ އެންމެނަށް ފެންނަން އޮތް އެއްޗެއްކަމަށެވެ. އަދި ދެ ގައުމުން އެއްބަސްވީ ލިޔެވިފައިވާ އެއްޗަކަށްކަމަށާއި އެ އެއްބަސްވުންތައް ހަދާފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކާއި އެއްގޮތަށްކަމަށެވެ. 

" ފެންނަން އޮތް، އަކުރުން ފިއްޔަށް ލިޔެފައި އޮތް އެެއްޗެއް. އޭގައި ދިފާއީ ގޮތުން، ޑިފެންސްގެ ދާއިރާ އިން ލިޔެފައި ހުރި ކޮންމެ ޖުމްލައަކީ އެމްއެެންޑީއެފް އިން ބައްލަވައި ޑިފެންސް މިނިސްޓްރީން އެޕްރޫވް ކޮށްފައި އޮތް އެއްޗެއް. އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް ހުރިހާ ކަމެއް. ކުރީގައި ވީ ހެން އޭގައި ނުހުންނާނެ ކަންކަމެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސްް ވިދާޅުވީ  ދިވެހިންނަށް އެންމެ މުހިންމީ އިސްލާމްދީނާއި ގައުމިއްޔަތެވެ. އެކަންކަމަށް ބުރޫއަރާ އެއްވެސް ކަމެއް ވިޝަން ޑޮކިއުމަންޓުގައި ނުހުންނާނެކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ދެ ފުށް ފެންނަ ގޮތަށް ހިންގަމުން އަންނަ ސަރުކާރެއްކަމަށެވެ. އެހެންކަމުން އެހެން ބަޔަކު ދައްކާ ވާހަކައަކަށް ފިކުރު ނުކުރަން ރައީސް ވަނީ އެދިވަޑައިގެންފައެވެ. 

" މިއީ ވަރަށް ދެފުށް ފެންނަ ގޮތަށް ހިންގާ ސަރުކާރެއް. ފެންނަން އޮންނަ އެއްޗެއް މި ވިޝަން ޑޮކިއުމަންޓަކީ. ބައްލަވާ ލައްވާ. އަޅުގަނޑު އެދެނީ ހުރިހާ ލޮބުވެތި ރައްޔިތުން ވެސް މި ކަންކަމުގައި ހަގީގަތް ބައްލަވައިގެން އަޅުގަނޑުމެންގެ މި ދެފުށް ފެންނަ ދެގޮތެއް ނުވެ އަބަދުވެސް އެންމެ ފުރަތަމަ އިއުލާންކުރި ގޮތަށް މިއަދާ ހަމައަށް މި އައި ހާރިޖީ ސިޔާސަތުގައި މި ހުރި ކަންކަން އަމިއްލަފުޅަށް ދެނެވަޑައިގަތުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުިއއްޒު ވިދާޅުވީ މިފަހަރުގެ އެއްބަސްވުންތަކުގައި ކުރީގައި ކަންކަން ކުރިގޮތަށް އެހެން ބަޔަކު ކަންކަން ކުރަން ޖެހޭ ގޮތަށް ދޫކޮށްލާފައި ނުވާނެ ކަމަށެވެ. އެއްބަސްވުންތަކުގައި އޮންނާނީ ދިވެހިންގެ ފުދުންތެރިކަން އިތުރު ކޮށްގެން ކުރާކަންކަމުގެ ވާހަކަކަމަށާއި އެހެން ބައެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލައިގެން  ކަންކަން ކުރާ ވާހަކައެއް ނޯންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް