ads
ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް
ސަލްމާން ރަސްގެފާނުގެ އާލާސްކަންފުޅުގެ ފަހުގެ އަޕްޑޭޓް ސައުދީ ސަރުކާރުން ދީފި
ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒްގެ ސިއްހީ ހާލުކޮޅުގެ ފަހުގެ އަޕްޑޭޓް އެ ގައުމުގެ ޝާހީ ގަނޑުވަރުން ދީފި އެވެ.
Advertisement

ސައޫދީގެ ރަސްމީ މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ރަސްގެފާނުގެ ހާލުކޮޅު ބަޔާންކޮށްދީފައި މި ވަނީ އުމުރުފުޅުން 88 އަހަރުގެ ރަސްގެފާނު ހޮސްޕިޓަލްގައި އެޑްމިޓްކުރިތާ ތިން ދުވަސް ފަހުންނެވެ. މީގެ ކުރިން ވަނީ ގަނޑުވަރުގެ ޑޮކްޓަރުންގެ ލަފާގެމަތިން ޓެސްޓްތަކެއް ހަދަން ނިންމައި އެޑްމިޓްކުރިކަން އިއުލާނުކޮށްފަ އެވެ.

މިއީ މިއަހަރުގެ ތެރޭގައި ރަސްގެފާނު ސަލްމާން ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާ ދެވަނަ ފަހަރެވެ. ކުރިން މިދިޔަ މެއި މަހު ވެސް މިފަދަ ފަރުވާއެއް ހޯއްދަވާފައިވެ އެވެ. އެފަހަރު ވެސް އެންޓިބަޔޮޓިކް ހިމެނޭ ގޮތަށް ޓްރީޓްމަންޓް ޕްރޮގްރާމެއް ފެށިކަން އިއުލާނުކުރުމަށް ފަހު ކުޑަ ދުވަސްކޮޅެއް ފަހުން ވަނީ އާލަސްކަންފުޅުން ފަސޭހަ ވެފައިވާ ކަމަށް ބުނެފަ އެވެ.

"ފުއްޕާމޭގައި އިންފެކްޝަނެއް އުފެދިގެން ހޯއްދެވި ފަރުވާއަށް ފަހު މިހާރު ރަސްގެފާނު ހާލުކޮޅު ރަނގަޅު" ޝާހީ ގަނޑުވަރުން ނެރުނު ކުރު ބަޔާނުގައި ބުނި ކަމަށް ސައުދީ މީޑިއާތަކުގައި ވެއެވެ.

ރަސްގެފާނުގެ ސިއްހީ ހާލަތާ ގުޅިގެން މިދިޔަ އޯގަސްޓް މަހު ވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ އެކު ކެބިނެޓްގެ ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަވެސް ދެއްވާފަ އެވެ.

ދެ ހަރަމުގެ ވެރިޔާގެ ހައިސިއްޔަތުން، ރަސްގެފާނު ސަލްމާންގެ ސިއްހީ ހާލަތަކީ މުޅި މުސްލިމު އުންމަތަށް މުހިއްމު ކަމެކެވެ. މައްކާއާއި މަދީނާގެ ދެ ހަރަމަކީ މުސްލިމުންގެ އެންމެ މުގައްދަސް ތަންތަން ކަމުގައިވާތީ، އެތަންތަނުގެ ބެލެނިވެރިޔާގެ ދުޅަހެޔޮކަމަކީ އިސްލާމީ ދުނިޔޭގެ ސަމާލުކަން ލިބޭ ކަމެކެވެ. އަދި މުޅި ދުނިޔެ އިން ވެސް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާންގެ ސިއްހީ ހާލަތު ގާތުން ބަލަމުންދެ އެވެ.

ސަލްމާން ބިން އަބްދުލް އަޒީޒް ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައުދީގެ ރަސްކަމަށް އިސްކުރެވުނީ 2015 ވަނަ އަހަރު އެވެ. އެކަމަކު 2017 ވަނަ އަހަރުން ފެށިގެން ރަސްކަމުގެ ހުރިހާ ޒިންމާތަކެއް އަދާކުރައްވަނީ ރަސްގެފާނުގެ ދަރިކަލުން، ވަލީ އަހުދު މުހައްމަދު ބިން ސަލްމާނެވެ. 

ސަލްމާން ބިން އަބްދުލް އަޒީޒް ސައުދީގެ ރަސްކަމަށް ވަޑައިގަތުމުގެ ކުރީން، ދެ އަހަރުގެ މުއްދަތަށް ސައުދީގެ ވަލީއަހުދުގެ މަގާމުގައި ހުންނެވި އެވެ. އަދި ވެރިކަންކުރާ ރިޔާދުގެ ގަވަރުނަރެއްގެ ގޮތުގައި 50 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް