ޔުނައިޓެޑް ބީއެމްއެލް އަތުން ޕެނަލްޓީ ޖަހައިގެން 6-5 އިން ދިރާގު މޮޅުވެއްޖެއެވެ.
ދިރާގުން ކުއާޓާގެ ފުރުސަތު ހޯދީ ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބީއެމްއެލް ކަޓުވާލުމަށް ފަހު އެވެ. އަހުމަދު އައިހަމްގެ ގޯލުން ދިރާގުން ލީޑުނެގި މި މެޗުގައި، ބީއެމްއެލް އަށް އެއްވަރުކޮށްދިނީ ޒައިން ޒަފަރު އެވެ.
ޕެނަލްޓީގައި، ބީއެމްއެލްގެ އަހުމަދު މަހުދޫމް ޖެހި ޕެނަލްޓީ ދިރާގުގެ ކީޕަރު، މުހައްމަދު އައިމަން ވަނީ މަތަކޮށްފަ އެވެ. ދިރާގު މޮޅުވީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްގެންނެވެ.