ads
ވޯލްޑް ކަޕް ކޮލިފައިން މެޗަކަށް ފަހު އިރާންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިން އުފާފާޅުކުރަނީ: އިރާނުން ވޯލްޑް ކަޕްގައި ބައިވެރިވެދާނެ ކަމާމެދު ކުރިން ވެސް އޮތީ ސުވާލު އުފެދިފަ
މި އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިނުވާން އިރާނުން ނިންމައިފި
މި އަހަރުގެ ޖޫން ޖުލައިގައި އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބޭއްވާ ފީފާ ވޯލްޑް ކަޕްގައި ކުޅެވޭނެ އެއްވެސް ހާލަތެއް މިވަގުތު އިރާނަށް ނެތް ކަމަށް އެގައުމުގެ ކުޅިވަރު މިނިސްޓަރު، އަހުމަދު ޑޮންޔަމާލީ ވިދާޅުވެއްޖެ އެވެ.
Advertisement

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގައި އިރާނުގެ ތިން މެޗު ވެސް އޮތީ އެމެރިކާގެ ފަސްގަނޑުގަ އެވެ. އެއީ ޖޫން 15 ގައި ލޮސް އެންޖެލިސްގައި ނިއުޒީލަންޑާ ދެކޮޅަށް، ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް، އަދި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އިރާނުގެ ޓީމަށް އެމެރިކާ އަށް ދަތުރުކުރާނެ ކަމާ މެދު ކުރިން ވެސް އޮތީ ސުވާލު އުފެދިފަ އެވެ.
"އެމެރިކާގެ ކޮރަޕްޓު ސަރުކާރުން ވަނީ އަހަރުމެންގެ ލޮބުވެތި ލީޑަރު އަވަހާރަކޮށްލައިފަ. އަހަރުމެންގެ ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ހަމަ އެއްގޮތް ވެސް މި ދަނޑިވަޅަކު ނެތް،" އިރާނުގައި ގައުމީ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އިރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ އަވަހާރަވީ ހަނގުރާމަ ފެށި ދުވަހު ދިން ހަމަލާއެއްގަ އެވެ. ހާމަނާއީގެ ބަދަލުގައި އިރާނުން ވަނީ ސުޕްރީމް ލީޑަރުގެ މަގާމަށް އެމަނިކުފާނުގެ ދަރިކަލުން މުޖްތަބާ ހާމަނާއީ އައްޔަންކޮށްފަ އެވެ.

އޭޝިއާގެ ކޮލިފައިންގެ އެއްވަނަ ހޯދައިގެން، ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދި އިރާންގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް މެހްދީ ތާޖް ވެސް ވިދާޅުވީ، އިޒްރޭލުންނާއި އެމެރިކާއިން ދެމުންދާ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން، ވޯލްޑް ކަޕާ މެދު ވިސްނައި އުއްމީދުކުރުމަކީ މިވަގުތު ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަހުން ވިދާޅުވީ، އިރާނުން ވޯލްޑް ކަޕްގައި ނުކުޅުނަސް އޭނާއަށް ހެޔޮ ކަމަށެވެ. އެހެން ނަމަވެސް ޓްރަމްޕް އިރާންގެ ގައުމީ ޓީމަށް މަރުހަބާ ކިޔާނެކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަންނަނީ ވިދާޅުވަމުން ނެވެ.

އިރާނުން ވޯލްޑް ކަޕަށް ނުދާން ނިންމިއިރު ފީފާއިން އަދި ރަސްމީ އެއްޗެއް މިކަމުގައި ބުނެފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;