ads
އެކްސް ލޯގޯގެ ޑިޒައިނެއް
ޖޫރިމަނާ ދެއްކުމުން ނިންމުން މުރާޖާކޮށް ބްރެޒިލްގައި "އެކްސް" ހުއްދަކޮށްފި
ބިލިއަނަރު އީލޮން މަކްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" އާ ގުޅޭ ގޮތުން ބްރެޒިލުން ޝަކުވާކުރާތާ އެތައް މަހެއް ފަހުން ސުޕްރީމް ކޯޓުގެ އަމުރަކާ އެކު މިފަހުން ސަސްޕެންޑްކުރި އެކްސް އަށް އަލުން އެ ގައުމުން ހުއްދަ ދޫކޮށްފި އެވެ.
Advertisement

ބްރެޒިލްގެ ކޯޓުން ބުނި ގޮތުން އަލުން ހުއްދަ ދިނީ އެސްއިން ދައްކަން ޖެހިފައި ހުރި ހުރިހާ ޖޫރިމަނާއެއް ދައްކާ ހަލާސްކުރުމުން ކަމަށެވެ. 

ރެޒިލްގައި އަލުން ހިދުމަތް ފެށުމުގެ ހުއްދަ ދީފައިވާއިރު، އަދި 24 ގަޑިއިރުގެ ތެރޭގައި އެކްސް އަލުން އޮންލައިންކޮށްދިނުމަށް އަނަޓެލްއަށް އަމުރުކޮށްފައިވެ އެވެ.

އެކްސްއަށް ބްރެޒިލްގައި ހިދުމަތް ފެށުމުގެ ހުއްދަ ދިނީ، ކުރިން މަސްކް ދެކޮޅުހަދާފައިވާ ކޯޓު އަމުރުތަކާ އެއްގޮތަށް އަމަލުކުރަން ފެށުމާ ގުޅިގެންނެވެ.

ބްރެޒިލަކީ އެކްސްގެ އެންމެ މުހިންމު އަދި އެންމެ ބޮޑު މާކެޓްތަކުގެ ތެރެއިން އެއް މާކެޓެވެ. އެކްސް ބޭނުންކުރާ މީހުންގެ އަދަދު ބްރެޒިލްގައި 22 މިލިއަނަށް އަރަ އެވެ. އަދި ލެޓިން އެމެރިކާގައި އެކްސް އެންމެ ގިނައިން ބޭނުންކުރާ ގައުމަކީ ވެސް ބްރެޒިލްއެވެ. 

ބްރެޒިލްގައި އެކްސް ބޭނުން ކުރުން "މަނާ" ކުރުމުން ޓެސްލާ އާއި ސްޕޭސްއެކްސްގެ ވެސް ވެރިޔާ މަސްކް، ކުރިން، ސިފަކުރި ގޮތުގައި މި އަމުރު ނެރުއްވީ ފަނޑިޔާރެއްގެ ހެދުން އަޅައިގެން ހުރި ޑިކްޓޭޓަރެކެވެ. މިއީ ބްރެޒިލްގެ ޑިމޮކްރަސީ ހަލާކުކުރުން ކަމަށް ވެސް ބުންޏެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އަސާސް. އިންތިހާބަކާ ނުލައި އައްޔަންކޮށްފައި ފަނޑިޔާރަކު ސިޔާސީ ބޭނުމަށް އެ ދަނީ އެކަން ހަލާކުކުރަމުން،" މަސްކް، އެކްސްގައި ބުނެފައިވެ އެވެ.

ފަނޑިޔާރު މޮރޭސް ވިދާޅުވި ގޮތުގައި އޭނާއާ އެކްސްއާ އެއްވެސް މައްސަލައެއް ނެތެވެ. ބްރެޒިލްގައި އެކްސްއަށް ހަރަކާތްތެރިވެވޭނީ ދައުލަތަށް ބުރޫ ނާރާ ގޮތަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ މީހެއް ކަމަށް މީގެ ކުރިން މަސްކް އަމިއްލައަށް ސިފަކުރަމުން ދިޔަ ނަމަވެސް 2022 ވަނަ އަހަރު ޓްވިޓާ 44 ބިލިއަން ޑޮލަރަށް ގަނެ "އެކްސް" އަށް ނަން ބަދަލުކޮށް ހިންގާއިރު އެ ޕްލެޓްފޯމް މިހާރު ވަނީ ކަނާތު ފިޔައިގެ ކޮންސްޕިރޭސީ ތިއަރީތައް ފަތުރާ އެއްޗަކަށް ބަދަލުވެފައި ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް