ads
ބިދޭސީ މީހާ
މަޑިދަށުން ނެގީ ކޯޓަކާއި ދޮންކޭލާއި ކަދުުރު : ޖަހަންގިރް
ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރާ ބިދޭސީ މީހާ، މަޑިދަށުން ނޭގީ ވިއްސާރަ ކޯޓަކާއި ދޮންކޭލާއި ކަދުރުކަމަށް އޭނާ ކޯޓްގައި ބުނެފިއެވެ.
Advertisement

މާލޭގައި ސައިކަލެއްގެ މަޑިދަށުން މިދިޔަ 14 ވަނަ ދުވަހު ވަގަށް ނެގި ކަމަށްވަނީ 442،750 ރުފިޔާއެވެ. އެ މައްސަލާގައި ބަންގްލަދޭޝް މީހެއް ކަމަށްވާ ޖަހަންގިރް އާލަމްވަނީ ހައްޔަރުކޮށްފައެވެ.  އޭނާ އެންމެ ފަހުން ކޯޓްގައި ބުނެފައިވަނީ  އޭނާ ފްރޭމްކޮށްފައިވާކަމަށެވެ. އޭނާ ހުރީ ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ވަނީ އޭނާ އެ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ  ސީސީޓީވީ ވީޑިއޯ ހުށައަަޅާފައެވެ. އޭގެ އިތުރުން ފައިސާގެ ވެރިފަރާތުގެ ބަޔާންވެސް ވަނީ ހުށައަޅާފައެވެ.  އެ ވީޑިއޯއިން އޭނާ ސައިކަލެއްގެ މަޑިދަށް ހިއްލައިގެން އެއްޗެއް ނަގާތަން ފެންނަ ކަމަށް ބުނެފައިވެވެ. 

ވީޑިއޯއިން ފެންނަ މަންޒަރުތަކަށް ޖަވާބުދެމުން އޭނާގެ ވަކީލު ކޯޓުގައި ވިދާޅުވެފައި ވަނީ އެ ސައިކަލު މަޑިދަށުން ނެގީ ވިއްސާ ކޯޓެއް ކަމަށެވެ. އަދި ޖަހަންގިރްގެ ދެވަނަ އަނބިމީހާގެ ގެއަށް ވައްދާތައް ފެންނަ ކޮތަޅަކީ ދޮންކޭލާއި ކަދުރު ހުރި ކޮތަޅެއް ކަމަށެވެ. އަދި އެއީ  އޭނާގެ އާއިލާއިން ހިއްސާކުރި މައުލޫމާތު ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ކޯޓު އަމުރުގައިވަނީ  އެ މައްސަލާގައި ހުށަހަޅާފައިވާ ވީޑިއޯއިން ވިއްސާރަ ކޯޓެއްގެ އިތުރުން އެހެން އެއްޗެހި ނަގާ ތަން ފެންނަކަމަށާއި އޭނާ އެ އެއްޗެހި ނެގުމުގައި އަމަލުތައް ހުރި ގޮތުން އިތުރު އެއްޗެއް އޮތްކަން އެނގޭ ކަމަށެވެ.

ކޯޓުން ވަނީ ތަހުގީގު ފުރިހަމަ ނުވާތީ އިއްޔެގެ ޖަހަންގީރުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހާދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް