ސަކާއަށް އަނިޔާވީ، ރޭ ގްރީސް އަތުން އިންގްލަންޑް ބަލިވި މެޗުގެ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ސަކާއަށް އަނިޔާވެ އޭނާވަނީ ބަދަލު ކުރަން ޖެހިފައެވެ.
ސަކާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނޭނގެއެވެ. އިންގްލެންޑްގެ ވަގުތީ ހެޑް ކޯޗު ލީ ކާސްލީ ބުނީ ސަކާގެ އަނިޔާ މެޑިކަލް ޓީމުން އެސެސް ކުރަމުންދާ ކަމަށެވެ.
އާސެނަލްއިން ޕްރިމިއާ ލީގުގެ އެކްޝަނަށް އެނބުރި އަންނަނީ 19 އޮކްޓޯބަރުގައި ވައިޓަލިޓީ ސްޓޭޑިއަމްގައި ބޯންމައުތުއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. މި މެޗުގައި ސަކާއަށް ކުޅެވޭނެތޯ ނުވަތަ ނޫންތޯ އެނގޭނީ އެސެސްއަށް ފަހުއެވެ.