ads
އެންދެރި މަޝްރޫއުގެ ދަށުން ތިން ޖަމިއްޔާއަކަށް ހިލޭ އެހީ ދޭން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ލ. އަތޮޅުގެ 3 ޖަމިއްޔާއަކަށް 1.5 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި
އެންހޭންސިން ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއެންޓް އައިލެންޑްސް "އެންދެރި" މަޝްރޫއުގެ ދަށުން ލ. އަތޮޅުގެ ތިން ޖަމްއިއްޔާއަކަށް 1.5 މިލިއަން ރުފިޔާ އެހީ ދީފި އެވެ.
Advertisement

މި ޖަމިއްޔާތަކަށް އެހީ ހަވާލުކޮށްދިނީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

މިއަދު މިދޫކުރި ގްރާންޓްތަކުގެ ދަށުން ލ. ގަން، މާބައިދޫ އަދި ހިތަދޫއަށް ކޮންމެ ރަށަކަށް 2 މިލިއަން ރުފިޔާގެ ހިލޭ އެހީ ވަނީ ދެވިފަ އެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެންދެރި މަޝްރޫއުން މި ރަށްތަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށެވެ.

ތޯރިގު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިން ޖަމިއްޔާއަކަށް 1.5 މިލިއަން ރުފިޔާ ދިނުމުގެ އިތުރުން ލ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށް ވެސް 6 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާ ކަމަށެވެ.

މިއަދު މި ދޫ ކުރި ގްރާންޓްތަކުގެ ދަށުން ލ. ގަން، މާބައިދޫ އަދި ހިތަދޫއަށް ކޮންމެ ރަށަކަށް ދެ މިލިއަން ރުފިޔާގެ ހިލޭ އެހީ ވަނީ ދީފަ އެވެ. މި ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެންދެރި މަޝްރޫއުން މި ރަށްތަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒު ކުރުމަށެވެ.

2022 ވަނަ އަހަރު ހިންގި ގްރާންޓްގެ ފުރަތަމަ ބުރުގައި ލ. އަތޮޅުގެ 10 ރަށަކުން 10 ޖަމްއިއްޔާއަކަށް ޖުމްލަ 2.1 މިލިއަން ރުފިޔަ ވަނީ ފޯރުކޮށްދީފަ އެވެ.

މި އެހީގެ ސަބަބުން ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ރައްކާތެރިކޮށް ބަލަހައްޓާ ދެމެހެއްޓެނިވި ގޮތެއްގައި އެތަންތަން ބެލެހެއްޓުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކަށާއި ލޯކަލް ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"އެންދެރި" މަޝްރޫއަކީ ރާއްޖޭގައި އަލަށް ތައާރަފުކުރާ ތިމާވެއްޓާ ގުޅޭ ސިޔާސަތުތައް ތަންފީޒުކޮށް، ތިމާވެއްޓާ ރަހުމަތްތެރި ތަރައްގީއަށް އިސްކަންދީ، ފަރުތައް އިއާދަކުރުމުގެ މަގްސަދުގައި އެންވަޔަރަމެންޓް މިނިސްޓްރީ މެދުވެރިކޮށް ސަރުކާުރުން ހިންގާ މަޝްރޫއު އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް