މެލޭޝިޔާގެ ގުރުއާން މުބާރާތަކުން ދިވެހި ދަރިވަރަކަށް ތިންވަނަ
މުހައްމަދު އާދަމް އަހްމަދު
12 އޮކްޓޯބަރ 2024 - 22:24:34
މެލޭޝިޔާގައި ބޭއްވި ބައިނަލްއަގްވާމީ ގުރުއާން ކިޔެވުމުގެ މުބާރާތަކުން ދިވެހި ދަރިވަރަކު ތިން ވަނަ ހޯދައިފިއެވެ.
މި މުބާރާތަކީ މެލޭޝިއާގައި ބޭއްވި 64 ވަނަ "މެލޭޝިއާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެމްބްލީ 1446/2024" އެވެ.
މި މިބާރާތުން ފަހުރުވެރިން ތިންވަނަ ހޯދާފައިވަނީ މުބާރާތުގައި ރާއްޖެ ތާމްސީލުކުރިން ފާތިމަތު ޝާޔާ ޒާހިރްއެވެ. އިސްކަންދަރު ސްކޫލުގެ ގްރޭޑް 10ގައި ތައުލީމު ހާސިލުކުރަމުން ގެންދާ ޝަޔާ މުބާރާތުގައި ވާދަކުރީ ބަލައިގެން ކިޔެވުމުގެ ބައިގައެވެ.
މިމަހުގެ ފަހަކުން މިއަދުގެ ނިޔަލަށް ކުރިޔަށް ދިޔަ މި މުބާރާތުގައި 71 ގައުމަކުން 92 ބައިވެރިން ވަނީ ބައިވެރިފައެވެ. އޭގެ ތެރޭތައި ހިމެނެނީ ބަލައިގެން ކިޔެވުމުގެ ބައިގައި ވާދަކުރި 53 ބައިވެރިންނާއި ހިތުދަސްބައިގައި ވާދަކުރި 39 ބައިވެރިންނެވެ.
ޝާޔާ ހޯދި ކާމކިޔާބީ ފާހަގަކޮށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ވަނީ އެ ދަރިވަރަށް ތަހިޔާ ފޮނުވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް