ads
2018 ވަނަ ހައުސިން މިނިސްޓްރީގެ ނައިބަކަށް ހުންނެވި ނާއިފު ޝައުކަތު
މާލޭގެ ބިމެއް ވިއްކާލުމުން ހައުސިިންގެ ކުރީގެ ދެ ވެރިޔަކަށް ދައުވާކުރަން އެދެފި
މާލޭގެ ގޯއްޗަކުން ދައުަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި މަގާމުގެ ނުފީޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދާދީފައިވާތީ ހައުސިން މިނިސްޓްރޫގެ ކުރީގެ ދެ ވެރިޔަކަށް ދައުވާކޮށްދިނުމަށް އޭސީސީން ޕިޖީ އޮފީހަށް ފޮނުވައިފިއެވެ.
Advertisement

މި މައްސަލާައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2018 ވަނަ ހައުސިން މިނިސްޓްރީގެ ނައިބަކަށް ހުންނެވި ނާއިފު ޝައުކަތާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހުރި ހަސަން ވަހީދުގެ މައްޗަށެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ އެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދާދިނުމުގެ ކުށުގެ ދައުވާކަމަށެވެ. 

މި މައްސަލާގައި އެ ގޯތުން ދައުލަތަށް ލިބުނި ބިމާއި އިންވެގެން އޮތް ބިމުގެ ވަރު ފަރާތުން އެ ބިން ގަތުމަށް އެދުނުނަމަވެސް އެ ބިން ވިއްކާފައިވަނީ އެ ބިމާއި ދުރުގައި އޮތް ބިމުގެ ވެރި ފަރާތްތައް ކަމަށް އޭސީސީން ނެރުނު ބަޔާނުގައިވެއެވެ. އަދި އެ ނިންމުން އެގޮތަށް ނިންމާފައިވަނީ އޭރު އަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ވިންތައް ވިއްކުމާއި ބެހޭ އުސޫލް" އާއި ހިލާފަށްކަމަށްވެސް އޭސީސީން ބުނެއެވެ. 

" އިންވަގެން އޮތް ގޯތީގެ ވެރިފަރާތުން އަދި އެހެން ފަރާތްތަކުން އެ ބިން ގަންނަށް އެދިފައިވަނިކޮށް އެ އުސޫލު އިސްލާހުކުރަމުންދާކަމަށް ބުނެ، އެ ބިން ވިއްކުން މަޑުޖައްސާލައި، ބިން ވިއްކާލާފައިވަނީ އެ ބިމާއި ދުރުގައި އޮތް ވެރި ފަރާތަށް." އޭސީސީން މި މައްސަލާގައި ނެރުނު ބަޔާނުގައިވެއެވެ.

މީގެއިތުރުން އެ އުސޫލުގައި ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެ ބިން ގަތުމަށް ހުށައެޅި ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ތަހުގީގަށް ހޯދިފައިވާ ހެކިތަކުން އެނގޭކަމަށްވެސް އޭސީސީން ބުނެއެވެ. އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖައިޒި ފައިދާއެއް ހޯދާދިނުމުގެ ބޭނުމުގައިކަންވެސް ތަހުގީގަށް އެނގިފައިވާކަމަށް އޭސީސީން ބުނެއެވެ. 

" ޖުމްލަކޮށް ހަސަން ވަހީދާއި ނާއިފު ޝައުކަތު އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެ ދެ ފަރާތުން އެގޮތަށް އަމަލުކޮށްފައިވަނީ އެ ބިން ގަތް ފަރާތަށް ނާޖައިޒު މަންފާއެއް ހޯދާދިނުމުގެ ނިޔަތުގައިކަމާއި އެ އަމަލުގެ ސަބަބުން އެ ފަރާތަށް ނާޖައިޒު މަންފާއެއް ހޯދާދެވިފައިވާކަން ތަހުގީގަށް ހޯދި ހެކި ގަރީނާތަކުން އެނގޭ." އޭސީސީގެ ބަޔާނުގައިވެއެވެ.

ހައުސިން މިނިސްޓްރީގެ ނައިބުގެ މަގާމުގައި ނާއިފު ޝައުކަތު އަދި އެ މިނިސްޓްރީގެ ކޯޑިނޭޓަރުކަމުގެ މަގާމުގައި ހަސަން ވަހީދު ހުރީ ރައީސް ޔާމީން ވެރިކަމުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް