ގެނބިގެން މަރުވެފައިވަނީ ހަނީމޫނަށް ރާއްޖެއަށް އައި ޗައިނާ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާއެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ، އެހެންނަމަވެސް މި ފަދަ ހާދިސާއެއް ހިނގިކަން ފުލުހުންވެސް އަދި ކަމާއި ގުޅޭ އެހެން އިދާރާއަކުންވެސް މިހާތަނަށް ހާމަކޮށްފައެއް ނެތެވެ. ރާއްޖެ އަންނަ ފަތުރުވެރިން ގެބިގެން މަރުވުމުން އެ ހަދިސާތައް އާއްމުކޮށް ހާމަކުރަމުން އާދެއެވެ.
އެނގިފައިވާ ގޮތުގައި މި މީހާ ގެނބިގެން މަރުވެފައިވަނީ ދެމަފިރިން ސްނޯކްލިންނަށް ދިޔަ ދުވަހެއްގައިކަމަށެވެ. އަދި އެ ދުވަހަކޫ މޫސުން ގޯސް ދޫވަހެއްކަމަށާއި މި މީހާ ފެނުނީ މަރުވެގެން ގޮނޑުދޮށަށް ލައްވެފައި އޮއްވާކަމަށްވެސް އެނގިފައިވެއެވެ.
ފުލުހުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އެ އިދާރާއަކުން ހާމައެއް ނުކުރެއެވެ.