ރާއްޖޭގައި ހޮރޯ-ކޮމެޑީ ޖޯންރާއަށް ދިވެހި ސިނަމާތަކަށް ރިލީޒްކުރި ފުރަތަމަ ފިލްމުގެ ޑައިރެކްޓަރަކީ މުޅިން އަލަށް މި ދާއިރާއަށް ނުކުތް، ދިވެހިއެފްއެމްގެ މަޝްހޫރު އާރުޖޭ ޝަހުދާ މަހުމޫދްއެވެ. މި ފިލްމުގެ ވާހަކަވެސް ލިޔެފައިވަނީވެސް ޝަހުދާއެވެ.
މި ފިލްމު ރިލީޒްކުރުމާއި އެކު ގިނަ ބަޔަކު ވަނީ މި ފިލްމަށް ތައުރީފުކޮށްފައެވެ. ފިލްމު ބެލި ގިނަ ބަޔަކު ބުނީ ހުތުރު ބަސްތަކާއި އެފަދަ ކަންކަމަށް ހިތްވަރުދޭ މަންޒަރުތައް ބޭނުން ނުކޮށްވެސް ބަލާ ހިތްވާ ހިތްގައިމު ފިލްމެއް އުފެއްދިދާނެކަން "ބިބީ" ޓީމުން ސާބިތުކޮށްދީފައިވާކަަމަށެވެ. އަދި ފިލަމުގައި ބިރިވެރި މަންޒަރުތައް އެހާމެ ބިރުވެރިކަމާއި ހެއްވާ މަންޒަރުތަކުން ހީހީ ހަލާކުކޮށްލާކަމަށްވެސް މި ފިލްމު ބެލި މީހުން ބުނެއެވެ.
"ބިބީ" ކާމިޔާބު ޝޯތަކެއް މާލޭގައ ދެމުން އަންނައިރު މި ފިލްމު މިވަނީ އަތޮޅުތެރެއަށް ވެސް ދަތުރު ފަށާފައެވެ. ފުރަތަމަ ފިލްމު އަޅުންވަން ނިންމާފައިވަނީ ފިލްމުމުގެ ކުޅަދާނަ ޑައިރެކްޓަރު ޝަހުދާގެ މަންމަ ނިސްބަތްވާ ގދ ތިނަދޫގައެވެ. އެރަށުގައި މި ފިލުމް އަޅުވާނީ މިމަހުގެ 18 ވަނަދުވަހުގެރެއެވެ.
ތިނަދޫ އާބާދީ މަރުކަޒުގައި އަޅުވާ "ބިބީ" ޝޯގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު މި ފިލްމު އެރަށުގައި ޕްރިމިއާކުރުމުގައި ފިލްމުގެ ލީޑް އެކްޓަރު ޝަރަފު އަބްދުﷲ ބައިވެރިވާނެއެވެ. ޝަރަފަކީ މި ފިލްމުގެ ޑައިރެކްޓަރު ޝަހުދާ މަހްމޫދުގެ ފިރިމީހާއެވެ.
"ބިބީ" ގެ ލީޑް ބަތަލުގެ ގޮތުގައި ފެނިގެންދާނީ ޑާކްރެއިންގެ ފިލްމުތަކުން މިހާރު މަޝްހޫރުކަން ހޯދާފައިވާ ކުޅަދާނަ އެކްޓަރު ޝަރަފު އަބްދުﷲ އެވެ. ޘަރަފަކީ މި ފިލްމުގެ ޑައިރެކްޓާ ޝަހުދާ މަހްމޫދްގެ ފިރި މީހާއެވެ. މި ފިލްމުގެ ލީޑް އަންހެން އެކްޓެރެސް އަކީ ޑާކްރެއިންގެ އެންމެ ކާމިޔާބު ތަރި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީ ޝަރަފާއި މަޖޫގެ ޖޯޑު ބޮޑު ސްކްރީނުން އެކުގައި ފެންނަ ފުރަތަމަ ފަހަރު އެވެ.
މި ފިލްމުގެ ކާސްޓުންގެ ލިސްޓުގައި ޝީލާ ނަޖީބާއި އަހުމަދު ސައީދުގެ އިތުރުން އަބްދުﷲ ޝާފިއު (ފުބޫ) ހިމެނެއެވެ. އަދި ފިލުމުގައި ހާއްސަ ފެނިލުމަކުން ކުރީގެ ތަރި އިސްމާއިލް ވަޖީހުވެސް ފެނިގެންދާނެކަމަށް ޑާކްރެއިނުން ބުނެ އެވެ.
"ބިބީ" އަކީ ޑާކް ރެއިނުން މި އަހަރު ރިލީޒްކުރާ ދެވަނަ ފިލްމެވެ. ޑްކެރެއިނުން މިއަހަރު ނެރުނު އެކްޝަން ތުރިލާ "ފުރޭތަ" ވެސް ގިނަ ބަޔަކަޑް ވަނީ ކަމުގޮސްފަ އެވެ.