ރޫތު، ދުނިޔޭގެ ރެކޯޑް މުގުރާލީ އާދިއްތަ ދުވަހު، ޝިކާގޯ މެރަތަންގައި ދުވެ، ދެ ގަޑިއިރު، ނުވަ މިނިޓް 57 ސިކުންތުންނެވެ. މިއީ، ކުރިން މެރަތަން ދުވުމުގެ ރެކޯޑް އޮތް އަންހެން ދުވުންތެރިޔާ، ޓިގިސްޓް އަސޭފާގެ ރެކޯޑަށް ވުރެން އެއް މިނިޓް 56 ސިކުންތު އަވަސް ވަގުތެކެވެ. އަސޭފާ މި ރެކޯޑް ހެދީ 2023 ވަނަ އަހަރު ބާލިންގައެވެ.
ރޫތުގެ މި ރެކޯޑާއެކު ރޫތު ވެފައިވަނީ، ދެ ގަޑިއިރު 10 މިނިޓަށް ވުރެ އަވަހަށް މެރަތަން އެއް ނިންމި ފުރަތަމަ އަންހެން އެތުލީޓަށެވެ. ރޫތު ވަނީ 2019 ވަނަ އަހަރު ދުނިޔޭގެ މެރަތަން ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
ދުނިޔޭގެ ރެކޯޑް ހެދި މި އަންހެން އެތްލީޓުގެ އުމުރަކީ 30 އަހަރެވެ.