ads
ރައީސް ޑރ. މުހައްމަދު މުއިއްޒު: ވޭޕްގެ އާލާތްތައް ބޭނުންކޮށްގެން މަސްތުވުން ވަނީ ގިނަވެފައި ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
ވޭޕާއެކު މަސްތުވުން ގިނަ، އަމާޒަކީ ދުންފަތާއި ދުރު މުޖުތަމައެއް ބިނާކުރުން: ރައީސް
ސަރުކާރުގެ އަމާޒަކީ ދުންފަތާއި ދުރު ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިއަދު އެކްސްގައި އިއުލާންކުރެއްވި ގޮތުގައި ވޭޕްކުރަން ބޭނުންކުރާ ހުރިހާ ބާވަތްތަކެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ގެންގުޅުން މަނާކުރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން މިއަދު ކަމާ ބެހޭ ފަރާތްތަކަށް ވަނީ އަންގައިފަ އެވެ. 

އަދި ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިޝްތިހާރުކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވައިފަ އެވެ.

އެކަމާ ގުޅޭގޮތުން ރައީސްގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި އިތުރަށް މިރޭ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދުންފަތާއި ދުރު ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށެވެ. އަދި ވޭޕްމަނާކުރި ސަބަބުތައް ހާމަކުރައްވާފަ އެވެ. އެގޮތުން މަސްތުވާތަކެތި ފެތުރުމުގައި އާ އުކުޅުތައް ބޭނުންކުރަމުންދާތީ އެކަން ހުއްޓުވަން އުނދަގޫވެ އެތަކެތީގެ ވަބާގައި ޖެހޭ ޒުވާނުން އިތުރުވެ އޯވަޑޯޒް ކޭސްތައް އިތުރުވަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.
ވޭޕްގެ ޑިވައިސްތައް ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުން، އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑު" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ އަހަރުތަކުގައި އެއްވެސް ސަރުކާރަކަށް ވޭޕް ރެގިއުލޭޓް ކުރެވިފައި ނުވާ ކަމަށާއި ޒުވާނުންނާއި ކުޑަކުދިން ވޭޕް ބޭނުންކުރާ މިންވަރު ކަންބޮޑުވާ މިންވަރަކަށް މިފަހުން އިތުރުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ސިއްހީ ނުރައްކާތަކަށް ރާއްޖޭގެ އާބާދީ ހުށަހެޅެމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވާފައިމިވަނީ ރާއްޖޭގައި ވޭޕްކުރުން ވަރަށް ބޮޑަށް އާންމުވަމުންދާތީ ވޭޕް މަނާކޮށް ދޭން ތަފާތު އެކި ޖަމިއްޔާތަކުން ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސް ޑރ. މުއިއްޒު މިއަދު ނިންމެވި ނިންމެވުމަށް ތާއީދުކޮށް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ތައުރީފު ކުރަމުންނެވެ.

ކަސްޓަމްސްގެ ތަފާސްހިސާބަށް ބަލާއިރު މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް އެކަނިވެސް 19.7 މިލިއަން ރުފިޔާގެ ވޭޕް ރާއްޖެ އެތެރެކޮށްފައިވެ އެވެ. ވޭޕް އަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗަކަށްވާތީ 50 ގައުމަކަށް ވޭޕް އެތެރެކުރުން މިހާރުވެސް މަނާކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް