ޔޫރޯގެ ފައިނަލުން އިންގްލަންޑް ބަލިވުމުން، ކޯޗުކަމުގެ މަގާމުގައި ހުރި ސައުތު ގޭޓް އިސްތިއުފާ ދިނުމާއެކު އޭރުން ފެށިގެން އިންގްލަންޑްގެ ކޯޗުކަމުގެ މަގާމު އޮތީ ހުސްކޮށެވެ. އެކަމަކު ވަގުތީ ކޯޗެއް އެބަހުއްޓެވެ.
ބީބީސީން މިއަދު ބުނި ގޮތުގައި ޖަރުމަންގެ ޓޫޗެލްއާ އެކު ފުރަތަމަ މަޝްވަރާތައް އިގިރޭސި އެފްއޭއިންވަނީ ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް އަދި އެކަމުގައި ގޮތެއް ނުނިމެއެވެ.
މީގެ ކުރިން މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އިގިރޭސި ޓީމުގެ ކޯޗު ކަމަށް ގެންނަން އުޅޭ ކަމަށްވެސް އަޑުތައް އިވުނެވެ. އެހެންނަމަވެސް އެކަމުގައިވެސް އަދި ވަކި ގޮތެއް ނުނިމެއެވެ.