ads
ޗައިނާގެ އެމްބަސީގެ އެހީ ލިބުނު ދަރިވަރުންނަށް އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު --
މަތީ ތައުލީމު ހާސިލުކުރާ 32 ދަރިވަރަކަށް ޗައިނާއިން އެހީ ދީފި
ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ 32 ދަރިވަރަކަށް، ޗައިނާ އެމްބަސީގެ "ޗައިނީޒް އެންބެސެޑާ ބާސަރީ" ޕްރޮގުރާމުގެ ދަށުން އެހީފޯރުކޮށްދީފި އެވެ.
Advertisement

މި އެހީ ލިބުނީ ގައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރުންތަކަކަށެވެ. "ޗައިނީޒް އެންބެސެޑާ ބާސަރީ" ޕްރޮގުރާމުގެ ދަށުން އެހީގެ ގޮތުގައި ކޮންމެ ދަރިވަރަކަށް 10،000ރ. ދިނެވެ.

އެހީ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އަމިއްލަ މުސްތަގްބަލުގެ އިތުރުން ދިވެހިރާއްޖޭގެ މުސްތަގްބަލު ބިނާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް، މަތީ ތައުލީމު ކުރިއެރުމަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެއްކަމާއި، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ، ގައުމު ބިނާކުރާނެ ޒުވާން ޖީލެއް އުފެދިގެންދާނެކަން ވެސް ޝަފީއު ވިދާޅުވި އެވެ.

އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވަން ލީޝިން ވިދާޅުވީ މި އެހީ އަކީ ދަރިވަރުންގެ ކިޔެވުމަށް ފަރުވާތެރިވެ، ހުނަރު އިތުރުކޮށް، އިތުރަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދިން އެހީއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޒުވާނުންނަކީ މުޖުތަމައުގެ އެންމެ ހަރަކާތްތެރި އަދި ދިރުންހުރި ބާރު ކަމަށާއި ގައުމުގެ މުސްތަގުބަލް އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ.

ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް އަލި އަޅުވާލައްވައި ސަފީރު ވަނީ ޗައިނާގެ ސްކޮލަޝިޕްގައި އެ ގައުމުން ކިޔެވުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ވިސްނުންތެރިކަމާއެކު ކިޔަވައި ހުނަރުތައް އިތުރުކޮށް ޗައިނާ ސަރުކާރުން ދޭ ބާސަރީ އެވޯޑްއަށް ގަދައަޅައި މަސައްކަތްކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

ޗައިނާ ސަރުކާރުން މިހާރުވެސް ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ސްކޮލަޝިޕްތައް ދެމުންނެވެ. މިދިޔަ އަހަރު ވެސް އެމްއެންޔޫގެ 10 ދަރިވަރަކަށް މި އެހީ ފޯރުކޮށްދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް