ads
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް- ފޮޓޯ: ރައީސް އޮފީސް
ތިމާވެށީގެ ޖޫރިމަނާ މައްސަލަ: މަޖިލިސް ކޮމިޓީން އެޓަރނީ ޖެނެރަލް ހާޒިރުކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ކަންކަމާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާތައް ނުދައްކާ މައްސަލަ ބެލުމަށް އެޓަރނީ ޖެނެރަލް ކޮމިޓީއަށް ހާޒިރުކުރަން އިއްތިފާގުން ފާސްކޮށްފިއެވެ.
Advertisement

ކޮމިޓީގެ މުގައްރިރު އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުއްލާ ރިފާއު މިއަދު ކޮމެޓީގައި ވިދާޅުވި ގޮތުގައި، މި މައްސަލަ ހައްލުކުރުމަށް ކޮމިޓީން އިސްނަގައިގެން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ބޭފުޅުންނާ މަޝްވަރާކޮށްފައިވެއެވެ. އަދި އެ މަޝްވަރާތަކުން އެނގުނު ގޮތުގައި މި މައްސަލަ ހައްލުކުރުމަށް އެޓާނީ ޖެނެރަލްގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ.

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ގޮތަށް، އެޓާނީ ޖެނެރަލް ކޮމިޓީއަށް ހާޒިރުކުރުމަށް ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުއްލާ ޝަޒީމް ތާއީދުކުރެއްވިއެވެ. އަދި މި ކަމާ ގުޅިގެން ނެގުނު ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް ވަނީ އެޓާނީ ޖެނެރަލް ކޮމިޓީއަށް ހާޒިރުކުރުމަށް ތާއީދުކުރައްވާފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގައި ވެސް ވަރަށް ގިނަ މައްސަލަތަކެއް މަޑުޖެހިފައިވާކަން ލިބިފައިވާ މައުލޫމާތުން އެނގޭކަމަށް ކޮމެޓީ މެންބަރުން ބުންޏެވެ. އެހެންކަމުން، މި މައްސަލަ އަވަހަށް ހައްލުކުރުމަށްޓަކައި އެޓަރނީ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާކުރުމަކީ މުހިންމު ކަމެއް ކަމުގައި ކޮމިޓީން ދެކޭކަމަށް މިއަދު ނިންމިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް