އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް އޮންނާނީ މާދަމާއިން ފެށިގެން މި މަހުގެ 27 އަށް އިންޑިޔާގެ ބެންގަލޫރުގައެވެ.
މި މުބާރާތުގައި ދިވެހި ޓީމު ހިމެނެނީ ސިންގަޕޫރާ، ޗައިނީޒް ތައިޕޭ އަދި ބަހްރޭނާއެކު ގްރޫޕް ބީގައެވެ. މުބާރާތުގައި 15 ގައުމަކުން ވާދަކުރެއެވެ.
ބެންގަލޫރަށް ފުރި ދިވެހި ޓިމުގެ ކެޕްޓަން އަދި ވައިސް ކެޕްޓަނަކީ ހަމްނާ އަބްދުއްރަހްމާން އަދި މަރްޔަމް ޝިނާއަތު އެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމުން ވަނީ ސްރީލަންކާގައި ތަމްރީން ކޭމްޕެއް ބާއްވައި، އެ ގައުމުގެ އެކި ޓީމުތަކާ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ.
ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ދިވެހިރާއްޖޭގެ ނެޓްބޯޅަ ޓީމު ވަނީ އޭޝިއާގެ ރޭންކިންގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފަ އެވެ. 2022 ވަނަ އަހަރު ދިވެހިރާއްޖެ ވަނީ 10 ވަނައިން 7 ވަނައަށް ޖެހިލާފަ އެވެ.