ދާދި ދެންމެއަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހާއަކީ އަލިފުށީ ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި ތިން މީހެއްގެ ތެރެއިން އެކަކު ކަމަށެވެ. އޭނާ މައްޗަށް ނާރައިގެން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު މެންދުރު 12:08 ގަ އެވެ.
އެ މީހާ މޫދު އަޑިން ނަގައިގެން އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ރ. އަލިފުށި ދެކުނު ފަރާތު ކަނޑު އަޑިންނެވެ. އަދި އޭނާ ކަނޑުން މައްޗަށް ނެގީ ޑައިވަރުންގެ ޓީމަކުންނެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.