ads
ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުުރުކުރަން މިހާރު ވަނީ ފަށައިފަ - ފޮޓޯ: ސްޓެލްކޯ
ޕީކް ސީޒަންއަށް ތައްޔާރުވާން ސްޓެލްކޯ އިން ކަރަންޓު ވިއުގަ އަޕްޑޭޓް ކުރަނީ
ޕީކް ސީޒަން އަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ކަރަންޓު ވިއުގަ އަޕްޑޭޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
Advertisement

ކަރަންޓުގެ ހިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް މާލޭ އަށް އޮތް ޑިމާންޑާއި އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށާއި ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުުރުކުމަށް އާ ޓްރާންސްފޯމަރެއް މިއަދު ބެހެއްޓިފައިވާކަމަށް ސްޓެލްކޯއިން ބުނެ އެވެ.

އެގޮތުން އެތަނުގައި ބަހައްޓާފައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރެއް ނަގައި، 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް މިހާރު ވަނީ ބެހެއްޓެފައި ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މީގެ އިތުރުން ވެސް މާލޭގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމަށް، ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވސް ސްޓެލްކޯ އިން މައުލޫމާތުދެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް