ދިވެހި ޓީމުގެ ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން މޮޅުވީ ސައުދީ އަރަބިއްޔާ އަތުންނެވެ. މުޅިން އަލަށް މުބާރާތުގައި ވާދަކުރާ ސައުދީ އަރަބިއްޔާގެ މައްޗަށް ދިވެހި ޓީމު ކުރި ހޯދީ 74-14 ޕޮއިންޓުންނެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމުން ވަނީ ސްރީލަންކާގައި ތަމްރީން ކޭމްޕެއް ބާއްވައި، އެ ގައުމުގެ އެކި ޓީމުތަކާ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ.
ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ދިވެހިރާއްޖޭގެ ނެޓްބޯޅަ ޓީމު ވަނީ އޭޝިއާގެ ރޭންކިންގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފަ އެވެ. 2022 ވަނަ އަހަރު ދިވެހިރާއްޖެ ވަނީ 10 ވަނައިން 7 ވަނައަށް ޖެހިލާފަ އެވެ.