ނަރީޝް ވިދާޅުވީ، ރައީސް މުއިއްޒު މާލޭ ސިޓީ ކައުންސިލްގައި ހުންނަވައިގެން ބުޅަލުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަށް ކުރެއްވި މަސައްކަތް ހުއްޓުނީ ކުރީގެ ސަރުކާރުން އެކަމަށް ބޭނުންވާ ބިން ނުދީ ހިފެހެއްޓުމުންނެވެ. ނަމަވެސް، ރައީސްކަމަށް އިންތިހާބުވުމާ އެކު، ފުރަތަމަ އަހަރު ތެރޭގައި އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކޮށްގެން މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ސަރުކާރުން ހުޅުމާލެއިން ބިމެއް ދޫކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ނަރީޝް އިތުރަށް ވިދާޅުވީ، މި ޕްރޮޖެކްޓުގައި ކެޓް ޝެލްޓާ ބިނާކުރުމުގެ މަސައްކަތް ކޮށްދިނީ ސަރުކާރުން އެދުނު ގޮތަށް ސިޓީ ކައުންސިލުން ކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ މި ބޮޑު ކަންބޮޑުވުމަށް އަވަސް ހައްލެއް ގެނެސްދެއްވި ކަމަށްޓަކައި ރައީސް މުއިއްޒަށް ޝުކުރު އަދާކުރެއްވިއެވެ.