ads
20 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އިޒްރާއީލް ޕާސްޕޯޓް ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތް
އިޒްރޭލް ރައްޔިތުން ރައްޖެއަށް އެތެރެވުން މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި ބިލު ލަސްވާތީ އެކަމާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ރިޔާސަތުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
Advertisement

އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށައަޅާފައި ވަނީ އިދިކޮޅޫ އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. އެއެ ބިލް މަޖިލިޖަށް ހުށައެޅި މިދިޔަ ޖޫންމަހުއެވެ. 

އޭގެ ފަހުން ބިލްމަޖލީހުގެ ކޮމެޓީގެ މަރުހަލާއަށް ދިޔަ ފަހުން ކޮމެޓީގައި އޮތީ ތާށިވެފައެވެ. އެހެންވެ އެކަމާއި ކަންބޮޑުވުން ފާޅުކޮށް މިއަދުގެ މަޖިލިސް ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑިޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

ކުއްލި މައްސަލައިގައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ދެމުން ގެންދާ ހަމަލާތަކަށް އަހަރެއްވީއިރު އެ ކަން ކުށްވެރިކުރުން ފިޔަވާ ހަރުދަނާ އެއްވެސް ފިޔަވަޅެއް އެޅުމަށް މި ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އަދި އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް އިއުލާންކޮށްފައިވީ ނަމަވެސް، މިއަދާ ހަމައަށް މިކަމުގައި އަމަލީ ސިފަ ޖެއްސުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުންދާކަމުންދާތަން ނުފެންނަކަމަށްވެސް ކުޑޫ ހުށައެޅި މައްސަލާގައިވެއެވެ. 

މި މައްސަލަ މިއަދު މަޖިލީހަސް ހުށައެޅުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. 

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައިސް އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލަ ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް މަޖިލިސް ގަވައިދުގައި ބުނާ "ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް އެ މައްސަލައިގައި ފުރިހަމަ ނުވާތީ، އެ މައްސަލަ ޖަލްސާއަށް ހުށަހެޅެން ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވެ އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް