އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި، ނުދައްކާ ހުރި ފަރާތްތައް އެބަހުރިކަމަށެވެ. އެހެންކަމު އެ ފަރާތްތަކުން އަންނަ މަސް ނިމުމުގެ ކުރިން އެ ފައިސާ ދައްކާ ހަލާސްކުރަން އެކުންފުނިން ވަނަި އަންގާފަ އެވެ.
އެޗްޑީސީން ބުނީ އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދޭނެ ކަމަށެވެ. އަދި އޭގެ ފަހުން އެ ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތުތައް އާއްމުކުރާނެކަމަށް އެ ކުންފުނިން ބުނެ އެވެ. މައުލޫމާރު އައްމުކުރާއިރި ދައްކަންޖެހި ނުދައްޖާ ހުރި ފައިސާގެ އަދަދުތައްވެސް ހާމަކުރާނެކަމަށް އެޗްޑީސީން ބުނެ އެވެ.
މިއީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުނެ އެވެ.