ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގަ ޔާމީން ވިދާޅުވީ މިހާރު އޮތީ އެމަނިކުފާނުވެސް ނިސްބަތްވި ސަރުކާރެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން އަލުން އެކުލަވާލި އެއްބަސްވުންތައް ކުރިން ފެައި އޮތް އެއްބަސްވުމަށް ވުރެ ދިވެހިރާއްޖެއަށް ނުރައްކާ ބޮޑުކަމަށެވެ. އަދި މަޖިލީހުގައި ވެސް ތިބީ އެމަނިކުފާނުމެންގެ މީހުން ކަމަށް ވިދާޅުވިއެވެ.
އިންތިހާބުގައި ރައީސް މުއިއްޒު އާއި ޕީޕީއެން/ޕީއެންސީން އިންޑިއާއާ ގުޅޭ ގޮތުން ދެއްކި އެއްވެސް ވާހަކައެއް އަދި ތަންފީޒެއް ނުކުރާ ކަމަށް ވެސް ޔާމީން ތުހުމަތުކުރެއްވިއެވެ. އަދި އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓެއް ފޮނުވައެއް ނުލާ ކަމަށާއި، ހަމައެކަނި ކުރި ކަމަކީ އެ އުޅަނދުތައް ދުއްވަން އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި، އިންޑިއާގެ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ އެއްބަސްވުމުގައި ތިބި އިންޑިއާ މީހުން ގެނައުން ކަމަށް ވެސް ވިދާޅުވިއެވެ.