ads
މިނިވަން ދުވަހުގެ އެމްއެންޑީއެފްގެ ޕެރޭޑެއް
ކަނޑާލި ސިފައިންގެ މީހާއަށް 1.8 މިލިއަން ރުފިޔާ ދިނުން ހުއްޓުވައިފި
ސިޔާސީ ކަންތައްގަނޑެއްގެ ތެރެއިން ސިފައިންގެއިން ވަކި ކުރި މީހަކަށް، 1.8 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ހައިކޯޓުން ހުއްޓުވައިފިއެވެ.
Advertisement

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ވަޒީފާއިން ސާޖަންޓް ފަސްޓް ކްލާސް އަލީ ވަހީދު ވަޒީފާއިން ވަކި ކުރީ ނޮވެމްބަރު 25، 2013، ގަ އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ނުހައްގުން ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން އޮތީ ކަނޑައަޅައިފަ އެވެ. ވަޒީފާ ރުޖޫއުކޮށްދިނުމަށް ވެސް އެންމެ މަތީ ކޯޓުން އޮތީ އަންގައިފަ އެވެ.

ސިފައިންގެ ހިދުމަތުގައި 30 އަހަރު ހޭދަ ކުރުމަށްފަހު ރިޓަޔާ ކުރުމަށް ހުށަހަޅާފައި އޮއްވައި އަލީ ވަހީދު ވަޒީފާއިން ވަކިކުރި މައްސަލައިގައި ސުޕްރީމް ކޯޓުން މައްސަލަ ނިންމުމުން ޑިފެންސުން ވަނީ ނޮވެމްބަރު، 2020، ގައި އޭނާއަށް އަލުން ވަޒީފާ ދީފަ އެވެ.

މި މައްސަލައިގައި މިދިޔަ އޮގަސްޓް މަހު ސިވިލް ކޯޓުން ނިންމީ އޭނާއަށް ބަދަލު ދިނުމަށެވެ. މި މައްސަލަ ތަންފީޒު ކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރެއް ނެރެފައިވަނިކޮށް، ހައިކޯޓުން މިއަދުވަނީ އެ ހުކުމް ތަންފީޒު ކުރުން ހުއްޓުވާފަ އެވެ.

އަލީ ވަހީދުގެ މައްސަލައިގައި ދައުލަތުން ޝަރުއީ އެކި މަރުހަލާތަކުގައި އެކި ސްޓޭންޑުތައް ނަގާފައިވާތީ ކޯޓުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލައިގައި އަލީ ވަހީދުގެ ފަރާތުން އެދިފައި އޮތީ ބަދަލުގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ކޯޓުން ނިންމީ އޭނާގެ ވަޒީފާ ރުޖޫއަ ކުރި ދުވަހާ ހަމައަށް ދޭންޖެހޭ މުސާރަ އާއި އެލަވަންސްތަކާއެކު 1.8 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. އެ ފައިސާ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން ދޭން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފައިވާއިރު ހައިކޯޓުން މިއަދު އަމުރު ކުރީ އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް