ads
ދާހިލީ ވަޒީރު އަލީ އިހްސާން
މަރުގެ ހުކުމް ތަންފީޒުކުރާނަން، އެކަމަށް މި ދަނީ ތައްޔާރުވަމުން: އިހްސާން
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށާއި އެކަމަށް ތައްޔާރުވަމުން އަންނަކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން  ވަޒީރު އިހްސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކެއް ހުންނަކަމަށެވެ. އެގޮތުން ކޯޓުގެ ހުރިހާ މަރުހަލާއެއް އެއްކޮށް ނިންމުން ހިމެނޭކަން އިހްސާބް ފާހަގަކުރެއްވިއެވެ. 

އިހުސާން ވިދާޅުވީ ދެ މީހެއްގެ މައްޗަށް މިހާރުވެސް މަރުގެ ހުކުމް ތަންފީޒު ކުރެވެން އެބަ އޮތް ކަމަށާއި އެހެންކަމުން އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އެގޮތުން މިކަމަށް ބޭނުންވާ ގާނޫނާއި އުސޫލަތައް ހެދުމާއި މީހުން ތަމްރީނުކުރުމާއި މަރުގެ އަދަދު ތަންފީޒުކުރާނެ ތަނެއް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. 

"ދެން އޮތީ ތަންފީޒީ މަރުހަލާ. އެހެންވީމަ އެއަށް ހަދަން ޖެހޭ، އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ އުސޫލުތަކާއި ގަވާއިދުތައް އަދި ތަން ވެސް ތައްޔާރުކޮށް މީހުން ތަމުރީނުކޮށް އެކަންކަން އަޅުގަނޑުމެން މިކުރަނީ." އިހުސާން ވިދާޅުވިއެވެ.

ވަޒީރު އިހްސާން ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮރުން ސަރުކާރުން އިއުލާންކޮށްފައިވާގޮތަށް އެކަން ވީ އެބންމެ އަވަހަކަށް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިހްސާން ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީންކަން ދޭން ކެރިދާނެ މިހާރު ހަމަ އިއުލާންކުރައްވާފައިވާ ގޮތަށް އެކަން ކުރާނެ ދިވެހި ރާއްޖޭގައި. އަޅުގަނޑުމެންގެ ޓާގެޓަކީ، މި ދައުރެއް ނޫން އިނގޭތޯ، މި މަސައްކަތް ނިމޭހާ އަވަހަކަށް، އަޅުގަނޑުމެން ނުބުނާން މި ވެނި ދުވަހެއްގައޭ، އެކަމަކު އަޅުގަނޑުމެން މަސައްކަތްކުރަނީ ވީ އެންމެ އަވަހަކަށް." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ދިނީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައެވެ. އެއީ އޭރުގެ ގއ. އަތޮޅުގެ އަތޮޅުވެރިޔާއަށް ވިހައެއް ދީގެން މަރާލި މައްސަލާގައި ކުށް ސާބިތުވި ހަކީމް ދީދީގެ މައްޗަށެވެ. 1954 ވަނަ އަހަރު އެމީހާގެ މައްޗަށް އިއްވި މަރުގެ އަދަބު ތަންފީޒުކުރީ އޭނާގެ ބޮލަށް ބަޑި ޖަހާ މަރާލައިގެންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް