
އަސަރުގަދަ ލޯބީގެ އެތައް ފިލްމެއް ގެނެސްދީފައިވާ ނަހުލާ އެކު " ސޮރީ" ގެ ނަމުގައި ފިލްމެއް ހަދަން އުޅޭ ވާހަކަ ނަހުލާ އިއުލާންކުރީ 2019 ގައެވެ. ނަހުލާ އޭރު ބުނީ މި ފިލުމުގައިވެސް ބެލުންތެރިންނަށް ކަމަދިޔަ ނަހުލާ ސްޓައިލްގެ ހަމަ އެ އަސަރުތަކާއި އެ ޖަޒުބާތު ހުންނާނެކަމަށެވެ.
ގިނަ ބަޔަކު މިހާރުވެސް އިންތިޒާރުކުރަމުން އަންނަ މި ފިލްމުގެ ފުރަތަމަ ލުކް ނުވަތަ ޕޯސްޓަރު ނަހުލާ މިވަނީ އޭނާގެ ފޭނުންނަށް ދޫކޮށްލާފައެވެ.
ޕޯސްޓަރުން ފެންނަނީ ކުޑަ ދެކުދިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކީގެ ހަގު ދަރިފުޅު ލާލި އެވެ. ދެން އިނީ ނަހުލާގެ މާމަދަރި އެވެލީ އެވެ. އެވެލީ އޭއީ ނަހޫގެ ސުޕާ ހިޓް ފިލްމުތަކުގެ ތެރޭގައި ހިމެނުނު "ނާއުންމީދު" އާއި "ޒުލޭހާ" ގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ފެނުނު ނާޝް ދަރިފުޅެވެ.
ނަހޫގެ ފިލްމުގެ ޕޯސްޓަރެއް ދޫކޮށްލި ނަމަވެސް ފިލްމާއި ގުޅޭ އެއްވެސް ތަފްސީލެއް އަދި ނުބުނެއެވެ.
އެހެންކަމުން ނަހޫގެ ފޭނުން ތިބީ ނަހޫ "ސޮރީ" މި ބުނަނީ ކީއްވެތޯ ނޫނީ ކާކަށްތޯ ބަލާލަން ކެތްމަދުވެފައެވެ. ސަބަބަކީ މީ ކޮންމެ ކަހަލަ " ސޮރީ" އަކަށް ފޭނުން ރޮއްވާލާނެކަން ޔަގީންވާތީއެވެ.