ads
ރޯޑް ރޭހުގައި ކުޑަ ކުއްޖަކު ދުވަނީ
މާދަމާ އޮންނަ ދިރާގު ރޯޑް ރޭހުގެ އިނާމުތަކާއި ހަރަކާތްތަކުގެ މައުލޫމާތު
ދިރާގު މޯލްޑިވްސް ރޯޑް ރޭސް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އަހަރުގެ ދުވުމުގައި ގިނަ އިނާމުތަކަކާއި ހަރަކާތްތަކެއް ހިމެނޭ ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.
Advertisement

މި ދުވުމުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދުވުންތައް ހިމެނެ އެވެ.

ހާފް މެރަތަންގެ އެއްވަނަ އަށް 25،000 ރުފިޔާ، ދެވަނަ އަށް 15،000 ރުފިޔާ އަދި ތިންވަނަ އަށް 10،000 ރުފިޔާ ހުށަހަޅާފައިވެ އެވެ. 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ އޯޕަން ކެޓަގަރީގެ އެއްވަނަ އަށް 10،000 ރުފިޔާ، ދެވަނަ އަށް 8،000 ރުފިޔާ އަދި ތިންވަނަ އަށް 6،000 ރުފިޔާ ހުށަހަޅާފައިވާ ކަމަށް ދިރާގުން ބުނެއެވެ. 

މީގެ އިތުރުން، ސްކޫލްތަކުގެ 13 އަހަރުން ދަށުގެ އަދި 13 އަހަރުން މަތީގެ ކެޓަގަރީތަކުގައި ވެސް އިނާމު ކަނޑައަޅާފައިވެ އެވެ. އަދި އަލަށް ތައާރަފުކުރި ރިސޯޓު/އޮފީސް ޓީމުތަކުގެ ކެޓަގަރީގައި ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނަރަޕް އަށް 8،000 ރުފިޔާ އަދި ސެކަންޑް ރަނަރަޕް އަށް 6،000 ރުފިޔާ ހުށަހަޅާފައިވެ އެވެ.

ދުވުމުގެ ފޯރި އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް ދިރާގުން ބުނެފައިވެ އެވެ. މީގެ ތެރޭގައި ކާބޯތަކެތި ވިއްކުމުގެ ފުރުސަތު ދިނުމަށް ވިމެން އެންޓްރަޕްރިނިއާސް އެސޯސިއޭޝަން މޯލްޑިވްސް (ވިއަމް) އާއެކު ޕާޓްނަޝިޕެއް ގާއިމުކޮށްފައިވެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ މަޖާ ގޭމުތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ދިރާގު ރޯޑް ރޭހާ ގުޅުވައިގެން މާދަމާ ރޭ ހާއްސަ ގޭމިން މުބާރާތެއް ވެސް ބާއްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. މި މުބާރާތުގައި ރޮކެޓް ލީގު، އީއޭއެފްސީ އަދި ކިން އޮފް ދަ ހިލް މުބާރާތް ހިމެނޭ ކަމަށާއި، ކޮންމެ މުބާރާތަކުން ވެސް އެންމެ މޮޅު ތިން ގޭމަރުންނަށް ފައިސާގެ އިނާމު ދޭނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް