ads
ލަންކާ ފުލުހުން: ފޮޓޯ ހިއުމަން ރައިޓްސް ވޮޗް
ލަންކާއަށް ހަމަލާ ދޭން އުޅޭކަމުގެ ތުހުމަތުގައި ދިވެއްސެއްގެ ދަރިއަކު ހަޔަރުކޮށްފި
ސްރީ ލަންކާގައި ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކީ ދިވެއްސެއްގެ ދަރިއެއްކަމަށް ލަންކާ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
Advertisement

މި މީހުން ހައްޔަރުކޮށްފައިވަނީ ލަންކާގެ ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަން (ޓީއައިޑީ) އިންނެވެ.

ރިޕޯޓުތައް ބުނާގޮތުން ހައްޔަރުކުރެވުނު މީހާގެ ބައްޕައަކީ ދިވެއްސެކެވެ. އަދި މަންމައަކީ ލަންކާ މީހެކެވެ. ނަމަވެސް އޭނާއަކީ ދިވެހި އައިޑީ ކާޑެއް ނުވަތަ ޕާސްޕޯޓެއް ހަދާފައިވާ މީހެއް ނޫނެވެ. އަދި ރާއްޖެއަށް ވެސް އަންނަ މީހެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ. 

މި ހަމަލާ ދޭން އުޅުނު ކަމުގެ މައުލޫމާތު އެންމެ ފުރަތަމަ ހާމަކުރީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންނެވެ. އެމެރިކާއިން ބުނެފައިވަނީ މިއީ އިޒްރޭލު މީހުންނަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާއެއް ކަމަށެވެ. އެހެންކަމުން، ލަންކާއަށް ދާ އެމެރިކާ މީހުންނަށް ސަމާލުވުމަށް އަންގާފައިވެއެވެ.

ލަންކާގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލު އަރުގަމް ބޭ ސަރަހައްދަށް ނުދިއުމަށް އެމެރިކާއިން އިންޒާރު ދީފައިވެއެވެ. މި އިންޒާރު ދީފައިވަނީ އެ ސަރަހައްދުގައި އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފެށުމާ ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް