ads
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލްގެ ބޭނުން ނުކުރާ ފްލޯތައް މި އަހަރު ތެރޭގައި ހުޅުވަނީ
ދަރުމަވަންތަ ހޮސްޕިޓަލްގެ މިހާތަނަށް ބޭނުން ނުކުރާ ފްލޯތައް މި އަހަރު ތެރޭގައި ހުޅުވާ، ހޮސްޕިޓަލް ފުރިހަމައަށް ބޭނުންކުރަން ފަށަން ނިންމައިފި އެވެ.
Advertisement

މާލެ ހޮސްޕިޓަލްސް ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 17 ވަނަ ފްލޯއިން 19 ވަނަ ފްލޯއާ ހަމައަށް މިހާރު ބޭނުން ނުކުރާ ކަމަށެވެ. އެހެންނަމަވެސް، މި އަހަރުގެ ތެރޭގައި މި ފްލޯތައް ހުޅުވައި، ހޮސްޕިޓަލް ފުރިހަމައަށް ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އިސް އަމާޒެއް ދަރުމަވަންތަ ހޮސްޕިޓަލް ފުރިހަމައަށް ހިންގަން ފެށުން މި އަހަރު. އެގޮތުން އަޅުގަނޑުމެން މި ފަށަނީ 17، 18 އަދި 19 ވަނަ ފްލޯއާ އެކީގައި،" ހަލީމް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 17 ވަނަ ފްލޯގައި 16 އެނދުގެ އެންއައިސީޔޫ އާއި ހަ އެނދުގެ ޑެލިވަރީ ސޫޓް ހަދާނެ ކަމަށާއި، 18 އާއި 19 ވަނަ ފްލޯގައި 14 އެނދު ބަހައްޓާނެ ކަމަށް ހަލީމް ވިދާޅުވި އެވެ. މި ބަދަލުތަކާ އެކު، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އެނދުގެ އަދަދު 172 އަށް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް މިހާތަނަށް ފުރިހަމައަށް ބޭނުން ނުކުރެވި އޮތީ މުވައްޒަފުންގެ ދަތިކަމާއި ބައެއް ތަކެތީގެ ދަތިކަމާ ހެދި އެވެ. ނަމަވެސް، މި އަހަރުގެ ތެރޭގައި މި ދަތިތައް ހައްލުކޮށް، ހޮސްޕިޓަލް ފުރިހަމައަށް ހިންގަން ފެށުމަށް ވަނީ ރޭވިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް