
ނަހޫ އޭނާގެ އެފްބީގައި ކުރި ޕޯސްޓެއްގައި ބުނީ އެ އަޑެއްގެ އަޑު ޖެހުމާއި އެކު ހިތުގައި ޖަހާލާފަދަ ވަރުގަދަ އަދަި އަސަރު ގަދަ އަޑެއްގެ ވެރިޔަކު ހޯދަމުން އަންނަކަމަށެވެ. އަދި އެ އަޑުގެ ވެރިޔާ ހޯދަނީ ފިލްމު "ސޮރީ" ގެ ތީމް ލަވަ ކިޔަންކަމަށް ނަހޫ ގެ އެފްބީ ސްޓޭޓަސްގައިވެއެވެ. ނަހޫ އެދުނީ އެފަދަ އަޑެއްގެ ވެރިޔަކު ހުރިނަމަ މެސެޖް ކުރާށެވެ.
އަސަރުގަދަ ލޯބީގެ އެތައް ފިލްމެއް ގެނެސްދީފައިވާ ނަހުލާ ދުވަސްތަކަށްފަހު ޑައިރެކްޓްކުރާ އާ ފިލްމު "ސޮރީ" ގެ ފަސްޓްލުކް ވަނީ ދާދި ފަހުން ދައްކާލައެވެ.
މި ފިލްމު ހަދަން އުޅޭ ވާހަކަ ނަހުލާ އިއުލާންކުރީ 2019 ގައެވެ. ނަހުލާ އޭރު ބުނީ މި ފިލުމުގައިވެސް ބެލުންތެރިންނަށް ކަމަދިޔަ ނަހުލާ ސްޓައިލްގެ ހަމަ އެ އަސަރުތަކާއި އެ ޖަޒުބާތު ހުންނާނެކަމަށެވެ.
ނަހޫގެ "ސޮރީ" ގެ ފުރަތަމަ ލުކް
ގިނަ ބަޔަކު މިހާރުވެސް އިންތިޒާރުކުރަމުން އަންނަ މި ފިލްމުގެ ފުރަތަމަ ލުކް ނުވަތަ ޕޯސްޓަރު ފެންނަނީ ކުޑަ ދެކުދިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކީގެ ހަގު ދަރިފުޅު ލާލި އެވެ. ދެން އިނީ ނަހުލާގެ މާމަދަރި އެވެލީ އެވެ. އެވެލީ އޭއީ ނަހޫގެ ސުޕާ ހިޓް ފިލްމުތަކުގެ ތެރޭގައި ހިމެނުނު "ނާއުންމީދު" އާއި "ޒުލޭހާ" ގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ފެނުނު ނާޝް ދަރިފުޅެވެ.
ނަހޫގެ ފިލްމުގެ ޕޯސްޓަރެއް ދޫކޮށްލި ނަމަވެސް ފިލްމާއި ގުޅޭ އެއްވެސް ތަފްސީލެއް އަދި ނުބުނެއެވެ.
އެހެންކަމުން ނަހޫގެ ފޭނުން ތިބީ ނަހޫ "ސޮރީ" މި ބުނަނީ ކީއްވެތޯ ނޫނީ ކާކަށްތޯ ބަލާލަން ކެތްމަދުވެފައެވެ. ސަބަބަކީ މީ ކޮންމެ ކަހަލަ " ސޮރީ" އަކަށް ފޭނުން ރޮއްވާލާނެކަން ޔަގީންވާތީއެވެ.