ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ވަނީ ހަތަރު އިންތިހާބެއް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ބާއްވާފައި ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ހިމެނެއެވެ.
ކޮމަންވެލްތުން ރާއްޖޭގެ އިންތިހާބުތައް އޮބްޒާވް ކުރުމުގައި އަދާކުރި ދައުރަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ. އަދި އިންތިހާބުތަކާ ގުޅޭ އޮފިޝަލުންނާއި މުއައްސަސާތައް ތަމްރީނު ކުރުމަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ޑިމޮކްރެޓިކް މުއައްސަސާތައް އިތުރަށް ހަރުދަނާ ކުރުމަށް ކޮމަންވެލްތާ އެކު މަސައްކަތް ކުރާނެ ކަމަށެވެ. އަދި ހެޔޮ ވެރިކަމެއް ގާއިމު ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.