މަގުހުރަސްކުރި އަންހެނެއްގައި ކާރަކުންޖެހި ފަރުވާދެނީ
މުހައްމަދު އާދަމް އަހްމަދު
26 އޮކްޓޯބަރ 2024 - 18:22:14
މަގުހުރަސްކުރި އަންހެނެއްގައި ކާރަކުން ޖެހި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ އާޓިފިޝަލް ބީޗު ކައިރީގައިކަމަށެވެ.
މި އަންހެން މީހާ ގައިގައި ކާރަކުން ޖެހުނީ ކަފިހި ހުރަސްމަތިން މަގު ހުރަސްކުރަނިކޮށްކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 16:10ހާއިރުކަމަށާއި މި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އެކްސިޑެންޓްވެ 48 ގަޑިއިރުގެ ތެރޭގައި ދެ ޒުވާނަކު މަރުވުމާއި ގުޅިގެން ފުލުހުން ގެންދަނީ މަގުތަކަށް ނުކުމެ 24 ގަޑިއިރު ފޯރިމަރަމުންނެވެ. އަދި ފުލުހުން މަގުތަކަށް ނުކުމެ އެކްސިޑެންޓްގެ އަދަދުތައް މަދުވެފައިވާކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ވިދާޅުވެފައެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް