ads
ކޮޕް 16 ގެ ހަވާސާގައި ޔޫއެންއެންއެޕްޕީއޭއާ އެކު މިނިސްޓަރު ތޯރިގު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ބަޔޯޑައިވަސިޓީ ހިމާޔަތް ކުރަން ބައިނަލްއަގުވާމީ އެހީ ބޭނުންވޭ: މިނިސްޓަރު ތާރިގު
ރާއްޖޭގެ ބަޔޯޑައިވަސިޓީ ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ކޮލަމްބިއާގައި ހިނގަމުންދާ ކޮޕް 16 ގެ ތެރޭގައި ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަސިޓީ (ސީބީޑީ) ގެ އެގްޒެކެޓިވް ސެކްރެޓަރީ އަސްޓްރިޑް ޝޯމޭކަރާ ބައްދަލުކުރެއްވުމަށް ފަހު އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަސިޓީ ފްރޭމްވަކް ތަންފީޒު ކުރުމުގައި ހުރި ކުރިއެރުންތަކާއި ގޮންޖެހުންތަކާ މެދު މަޝްވަރާކުރި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ތާރިގު ވަނީ ޔޫއެންއީޕީގެ އެގްޒެކެޓިވް ޑިރެކްޓަރު އިންގާ އެންޑަސަންއާ ވެސް ބައްދަލުކުރައްވައި، ރާއްޖޭގެ ބަޔޯޑައިވަސިޓީ ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާކުރެއްވި އެވެ.

ކޮލަމްބިއާގައި ކުރިއަށްދާ މި ބައްދަލުވުމުގައި ދުނިޔޭގެ 196 ގައުމުން ބައިވެރިވެ އެވެ. މި ބައްދަލުވުމުގައި ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް މޮނިޓަރކުރާނެ ނިޒާމެއް ގާއިމުކުރުމާއި، މި މަސައްކަތަށް ކުރާ ހޭދަ އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

your imageރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ފަށާފައި - ފޮޓޮ: އީޕީއޭ

ބަޔޯޑައިވަސިޓީ އަކީ ކޮބާ؟

ބަޔޯޑައިވަސިޓީ އަކީ ވަކި ސަރަހައްދެއްގައި ދިރިއުޅޭ އެކި ބާވަތުގެ ދިރުންތަކުގެ ނަސްލުތަކަށް ކިޔާ ނަމެކެވެ. މީގެ ތެރޭގައި ގަސްގަހާގެއްސާއި، ޖަނަވާރުތަކާއި، މޫދުގެ ދިރުންތަކާއި، މައިކްރޯ އޯގަނިޒަމްތައް ހިމެނެ އެވެ.

ބަޔޯޑައިވަސިޓީ ހިމާޔަތް ކުރުމަކީ ތިމާވެށި ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. އެއީ ދިރުންތަކުގެ ނަސްލުތައް ނެތިދިއުމުން އެ ސަރަހައްދެއްގެ މުޅި ތިމާވެށީގެ ނިޒާމަށް ބޮޑެތި ބަދަލުތައް އަތުވެދާނެތީ އެވެ.

ރާއްޖޭގެ ބަޔޯޑައިވަސިޓީގެ ތެރޭގައި މުރަކަތަކާއި، މަސްމަހާމެއްސާއި، ފަރުތަކާއި، ގަސްގަހާގެހި ހިމެނެ އެވެ. މި ދިރުންތައް ހިމާޔަތް ކުރުމަކީ ރާއްޖޭގެ ތިމާވެށި ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ބަޔޯޑައިވަސިޓީ ހިމާޔަތް ކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން އެކި ގަވާއިދުތަކާއި ގާނޫނުތައް ހަދައި އަމަލުކުރަމުން ދެ އެވެ. އަދި މިކަމަށް އދ އިން ވެސް އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް