މި މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ އާރް.އޯ.އެސް ފޯ ޓްރޭޑިންގް ކޮމްޕެނީއާ އެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރުއެވެ. އާރް.އޯ.އެސް ފޯ ޓްރޭޑިންގް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑައިރެކްޓަރު ހަމަދު މުޙައްމަދު އަލްމިން ހާލީއެވެ.
މި އެއްބަސްވުމުގެ ދަށުން މުލަކުގައި އަޅާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަޝްރޫއުފެ އަގަކީ 5.2 މިލިއަން ޑޮލަރެވެ.
މި އެއްބަސްވުމުގެ ދަށުން މުލަކުގައި އަޅާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގައި ދުވާލަކު 50ޓަނު މަސް ބްރައިން ފްރީޒްކުރުމުގެ ޤާބިލުކަން ހުންނާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.