 
                                                                                                
                    ހައުސިން މިނިސްޓްރީން ބުނީ ގޯތިތަކަށް ގުރުއަތު ނަގަނީ "ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން"ގެ ދަށުން އައިސްފައިވާ ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަންތަކަށް ބަދަލު އައިސްފައިވުމުންކަމަށެވެ.
މި ބަދަލާއި ގުޅިގެން ގޯތިތަކުގެ ވެރިފަރާތްތަކާއި މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ އިތުރުން ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުވެފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގަން މިއަދު ވަނީ ފަށާފައެވެ. ގުރުއަތު ނަގަމުން ދަނީ ދަރުބާރުގޭގައެވެ.
 ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތު ނެގުމުގެ ތެރެއިން
ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތު ނެގުމުގެ ތެރެއިން
ގުޅިފަޅުން މިހާރު ދޫކުރަން ނިންމާފައި ވަނީ 3،520 ގޯއްޗެވެ. އޭގެތެރޭގައި ގިރާވަރު ފަޅުން ގުޅީފަޅަށް ގޯތި ބަދަލުކޮށްދޭން އެދުނު 2،210 މީހުންވެސް ހިމެނެއެވެ.
ގޯތީގެ ސައިޒާއި އަދަދުތައް
ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ މި މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން، އެކަމަށް ކަނޑައަޅާފައިވާ މި މިނސްޓްރީގެ މުވައްޒަފުންކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާ އައި.ޑީ.ކާޑްގެ ކޮޕީ އަކާއެކު ގުރުއަތުގައި ބައިވެރިވެވޭނެކަަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.