މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެ އާއި ތުރުކީގެ ގުޅުމަކީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި 45 އަހަރު ވަންދެން ދެމިގެން އައި ގުޅުން އިތުރަށް ހަރުދަނާ ވަމުންދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސް މުއިއްޒު ވަނީ ރައީސް އުރްދުއާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ތުރުކީގައި އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގެންފަ އެވެ.