ރައީސް އޮފީހުައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ މީގެ ކުރިން ރާވާަފައި އޮތީ އެއްފަހަރާ އިސްލާހުތައް ހުށަހަޅަން ކަމަށެވެ. ނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށްފައިވާކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރަން އިސްލާހުތައް ސަރުކާރުގެ ފަރާތުން ދެން ހުށަހަޅާނީ ދޭއް ނުވަތަ ތިން ފޭސް އަކަށް ބަހާލައިގެންކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ބިދޭސީން، މަސްތުވާތަކެތި، ޓޫރިޒަމް، ޓެކްސް އާއި ގުޅުން ހުރި ގާނޫނުތައް ހުށަހަޅަމުން އަންނަކަމަށެވެ.