އަންނަ މަހު، ފީފާގެ ދެ ތާރީޚެއްގައި ރާއްޖެއާ ބަންގްލްދޭޝް ކުޅޭ ދެ މެޗުވެސް އޮންނާނީ ބަންގްލަދޭޝްގައެވެ. ބަންގްލަދޭޝްގައި ކުޅޭ މި ދެ މެޗަށް ބަންގްލަދޭޝްގެ ގައުމީ ސްކޮޑު އެކުލަވާފައިވާއިރު، ކެޕްޓަން ޖަމާލް ޓީމުގައި ނުހިމެނެނީ އަމިއްލަ ސަބަބަކާ ހުރެ ކަމަށް އޭނާވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.
ބަންގްލަދޭޝްގެ 16 ކުޅުންތެރިންގެ މައްޗަށް ހިމެނޭ ޕްރިލިމިނަރީ ސްކޮޑު ބުދަ ދުވަހުވަނީ އިއުލާންކޮށްފައެވެ. ރާއްޖެއާ ބަންގްލަދޭޝް ކުޅޭ ދެ މެޗު އޮންނާނީ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހު އަދި 16 ވަނަ ދުވަހުއެވެ.
ރާއްޖެ މެޗަށް ބަންގްލަދޭޝްއިން ހުކުރު ދުވަހު ޕްރެކްޓިސް ފަށާނެ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.