ads
ހުޅުމާލެ 2 ގައި ހެދި ބުޅާ ފެސިލިޓީ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
މޭޔަރަކަށް ހުރިއިރުން ފެށިގެން ކެޓް ޝެލްޓާ އެޅުމުގެ ފުރުސަތު ނުދިން: ރައީސް
ކުރީސަރުކާރުން އެމަނިކުފާނު މޭޔަރަކަށް ހުރިއިރުން ފެށިގެން ކެޓް ޝެލްޓާ އެޅުމުގެ ފުރުސަތު ނުދިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ހުޅުމާލޭގައި ޕެޓް ކެއާ ފެސިލިޓީ ހުުވުމުގެ ރަސްމިޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މާލޭގެ މޭޔަރަަކަށް އެމަނިކުފާނު ހުންނެވި ދުވަސްތަކުގެ މަތިން ހަދާންއާކޮށް ރައީސް ވިދާޅުވީ މޭޔަރަކަށް ކުރިމަތިލުމަށް ކެމްޕޭން ކުރިއިރުގައިވެސް ބުޅަލުގެ މައްސަލައަކީ މާލޭގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ޝަކުވާ އައި ކަމެއްކަމަށެވެ.

އެކަމަކު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއްބާރުލުން ލިބިވަޑައިނުގަތުމުން އެކަން ކާމިޔާބު ނުވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެންވެ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސްގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު، ބުޅާ ފެސިލިޓީގެ މަސައްކަތުގައި ކުލަޖެއްސުމުގެ އަމަލީ މަސައްކަތް ފެއްޓެވިކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ވަރުގަދަ އަަޒުމުގައި މަސައްކަތްތަކެއް ފެށި ކަމަށާއި އެއިރުގައި އެމަނިކުފާނު މޭޔަރަަކަށް ވުމުގެ ކުރިން، ކުރިން ހުރި މޭޔަރު ހުރިއިރުގައި ހުޅުމާލޭގެ ބިމެއް ކައުންސިލަަށް މަސައްކަތް ކުރަން ހަވާލުކުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ހުރިހާ ލިޔެކިޔުމެއް ނިމި އޮތީ ކައުންސިލުން އެ މަސައްކަތް ކުރާގޮތަށް ހަަމަޖެހިފައިކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންނަމަވެސް ސަރުކާރުން އަޅުގަނޑު މޭޔަރަަކަށް ހުރި ހިސާބުން އެފުރުސަތު ނުދިން، ވަރަށް ގިނަ ދުވަސް އެއިރު އަޅުގަނޑާއެކީގައި މަސައްކަތްކުރި ކައުންސިލަރުން މިހާރުވެސް އެބަތިއްބެވި، އެކި ހައިސިއްޔަތުން، ކައުންސިލްގެ މެމްބަރުންގެ ގޮތުގައާއި މިހާރު ސަރުކާރުގެ އެކި މަގާމުގައި ތިއްބެވި ބޭފުޅުން އެބަތިއްބެވި ހަނދުމަ ފުޅު ހުންނާނެ، އަހަރެއްހާ ދުވަސް ހުޅުމާލެއިން އެ ބިން ލިބޭތޯ މަސައްކަތްކޮށް، ނުލިބި، އަދި އެތައް ގޮތަކަށް މަސައްކަތްކުރިން އެއިރުގެ ސަރުކާރުން އެއްވެސް ފުރުސަތެއް ނުދިން އެކަން ކުރާކަށް" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަމިއްލަ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިގެން، އަމިއްލައަށް ބަޔަކު އިންވެސްޓްކޮށްގެން، އިންވެސްޓް މޮޑެލްއެއްގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ހޯދޭތޯވެސް މަސައްކަތްކޮށްގެން އެއްގޮތަކަށްވެސް ސަރުކާރުގެ ތެރެއިން އެ ބޭނުންވާ އެއްބާރުލުން މޭޔަރު ކަމުގައި ހުރިއިރު ނުލިބުނު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އޮޅު ހިޔާ އަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީ އެކެވެ. މި މަޝްރޫއުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއާގެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫތަކެއް ތަންފީޒުކުރުންވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް